ކަދުރުރުއްތަކުގެ ބުޑުގައި ޑިޖިޓަލް ބޯޑު ހަރުކުރާނެ ބަޔަކު ހޯދަނީ

މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރުއްތަކުގެ ބުޑުގައި ރާނާފައިވާ ބައިގައި ޑިޖިޓަލް ބޯޑުހަރުކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް.

މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރުއްތަކުގެ ބުޑުގައި ރާނާފައިވާ ބައިގައި ޑިޖިޓަލް ބޯޑުހަރުކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ބުޑުގައި، ގަސްމުށިތަކެއް ހެން ރާނާފައިވާ ބައިގައި ޑިޖިޓަލް ބޯޑު ހަރުކުރާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުުކުރާނީ ހަރުކުރާ ބޯޑުތައް މެނޭޖުކުރުމުގެ މަސައްކަތާ ވެސް އެކުގަ އެވެ.

އެ މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނުގައި، އަންނަ ބުރާސްފަތި ދުވަހު އެވެ. އެއަށް ފަހު، އެ މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

މީގެ އިތުރުން، މާލޭގެ އެހެން ސަރަހައްދުތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކުރާނެ ބަޔަކު ހޯދަން ވެސް ސިޓީކައުންސިލުން މިއަދު އިއުލާނުކުރި އެވެ.

މި ދެ މަސައްކަތަކީ ވެސް ސިޓީކައުންސިލްގެ 68 ވަނަ ބައްދަލުވުމުން ފާސްކުރި ދެ މަސައްކަތެވެ. މިދިޔަ މަހު ބޭއްވި އެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކަދުރުއްތަކުގެ ބުޑުގައި ރާނާފައިވާ ބައިގައި ޑިޖިޓަލް ބޯޑު ހަރުކުރުމުން، މަގަށް ލިބޭ ޒީނަތްތެރި ކަމުގެ އިތުރުން އެ ބޯޑުތައް ވާނީ ވަރަށް ބޭނުންތެރި ބޯޑުތަކަކަށެވެ.

"މިސާލަކަށް މާލޭ ސިޓީ ކައުންސިލުން ދައްކަން ބޭނުންވާ އިޝްތިހާރު ނޫނިއްޔާ މެސެޖެއް ވެސް [ދެއްކޭނެ]. މިސާލަކަށް އީދު އަންނަނީ، ހަމަ އެއްކޮޅުން އަނެއް ކޮޅަށް އަރާފައި ހުންނާނެ އީދުމުބާރިކު،" މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.

އޭގެ އިތުރުން އެއީ ވިޔަފާރި އުސޫލުން އިޝްތިހާރުކުރުމަށް ވެސް ބޭނުންކުރެވޭނެ ބޯޑުތަކެއް ކަމަށާއި ބޯޑުހަރުކުރާ ފަރާތުގެ އިތުރުން ކައުންސިލަށް ވެސް އެކަމުން އާމްދަނީ ލިބޭނެ ކަމަށް ވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox