ޓެކްސް ބިލު އޮތް ގޮތަށް ކޮމިޓީން ފާސްކުރަން އެމްޑީޕީގެ 12 މެމްބަރަކު ވޯޓު ނުދެއްވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެކްސް ބޮޑުކުރާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވޯޓެއްނުދެއްވާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެކްސް ބޮޑުކުރާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވޯޓެއްނުދެއްވާ

ޖީއެސްޓީއާއި ޓީޖީއެެސްޓީ ބޮޑުކުރުމަށް ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރި އިރު، ސަރުކާރުހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ 12 މެމްބަރަކު ވޯޓުނުދެއްވައި ދޫކުރައްވައިފި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން މިއަދު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 19 މެމްބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެބްރަކު ހިމެނެ އެވެ.

ކޮމިޓީން ބިލު ފާސްކުރަން ނެގި ވޯޓުގައި ވަކި ކޮޅަކަށް ވޯޓު ދެއްވައި އިންނެވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ. ބިލު ކޮމިޓީން ފާސްކުރަން ވޯޓު ނުދެއްވި އެމްޑީޕީ މެމްބަރުންގެ އަދަދު 12 އަށް އެރީ އެހެންވެ އެވެ.

Advertisement

ވޯޓު ނުދެއްވި މެމްބަރުން

  1. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުއިއްޒު
  2. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  3. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  4. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  5. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  6. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  7. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  8. ވިލުފުށިކ ދާއިރާގެ މެމްބަރު ހަސަން އަފީފު
  9. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  10. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  11. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

ސަރުކާރު ހިންގާ ކޯލިޝަނުގެ މެމްބަރުންގެ ތެރެއިން ބިލު އޮތް ގޮތަށް ކޮމިޓީން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި އަނެއް މެމްްބަރަކީ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިނެވެ.

ޓެކްސް ބޮޑުކުރާ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox