ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓު އެކަޑެމީ އިން ހޯދައިފި

Oct 30, 2022, 6:26 AM
ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓު އެކަޑެމީ އިން ހޯދައިފި

މިހާރު ކުރިއަށްދާ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓު އެކަޑެމީ އިން ހޯދައިފި އެވެ.

ދިހަ ޓީމާ އެކު މިދިޔަ އޮގަސްޓް މަހު ފެށި މުބާރާތުގެ ޗެމްޕިއަންކަން މިލާން އެކަޑެމީ އިން ކަށަވަރުކުރީ ލީގު ބުރުގައި ބާކީ އެއް މެޗު އޮއްވަ އެވެ. އެ ޓީމުން މިހާތަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވާއިރު، ދެ ވަނައިގައި އޮތް މާލޭ ވެޓްރަންސް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ. ދެ މެޗުން ވަނީ ބަލިވެފަ އެވެ. މިލާން އެކަޑެމީ އިން އަށް މެޗުން އަށް މޮޅު ހަމަކުރީ މިދިޔަ ހަފްތާ ބަންދުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

މިދިޔަ ހުކުރު ދުވަހު މިލާނުން ނުކުތީ އޮއްފު އެފްސީއާ ދެކޮޅަށެވެ. މި މެޗު މިލާން އެކަޑެމީ އިން ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.

މި މެޗުގައި ފުރަތަމަ ކުޅެން އަރައި އޮއްފު އަށް 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 135 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަސަދު މުނީރު އެވެ. އޭނާ ވަނީ 31 ބޯޅައިން 41 ލަނޑު ހަދާފަ އެވެ.

މި އިނިންގްސްގައި މިލާންގެ އުކުންތެރިން ރަނގަޅު ކުޅުމެއް ދެއްކި އިރު، އިބްރާހިމް ނަޝާތު ހަތަރު އޯވަރުގައި 18 ލަނޑަށް ތިން ވިކެޓު ނެގި އެވެ. އަލީ އިމާން ހަތަރު އޯވަރުގައި 30 ލަނޑަށް ދެ ވިކެޓު ނެގިއިރު، އަލީ ޝުނާން ވަނީ ހަތަރު އޯވަރުގައި 25 ލަނޑަށް ދެ ވިކެޓު ނަގާފަ އެވެ.

މިލާނުން ކުޅެން އަރާ 17.2 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހަދާ މެޗުން މޮޅުވި އެވެ. މި އިނިންގްސްގައި މުހައްމަދު އައްޒާމް 38 ބޯޅައިން 54 ލަނޑު ހަދައި ހާފް ސެންޗަރީ އެއް ހެދި އިރު، އިބްރާހިމް ނަޝާދު ވަނީ 47 ބޯޅައިން 47 ލަނޑު ހަދާފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި މިލާން ކުޅެން އޮތް ދެ ވަނަ މެޗުން އެ ޓީމް މޮޅުވީ ދެކޮޅަށް ކުޅެން އޮތް ކޮމެޓްސް ކްރިކެޓް ކުލަބުން މެޗު ދޫކޮށްލުމުންނެވެ.

ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ގަދަ ހަތަރު ޓީމް ކޮލިފައިވާނީ ޓީ20 ޕްރެޒިޑެންޓްސް ކަޕަށެވެ. މިހާތަނަށް ލީގު ބުރުގައި ކުޅުނު މެޗުތަކަށް ބަލާއިރު މިލާން އެކަޑަމީ، މާލޭ ވެޓްރަންސް އަދި މާލޭ ސްޕޯޓްސް ކުލަބުން ވަނީ ޕްރެޒިޑެންސް ކަޕަށް ކޮލިފައިވެފަ އެވެ.

ޕްރެޒިޑެންސް ކަޕްގެ ފަހު ޖާގަ އަށް ވާދަކުރަނީ ވިޔަންސާ އަދި ސީބީއެލް އެވެ. ވިޔަންސާ އަށް ބާކީ އޮތީ މިލާން އެކަޑެމީއާ ދެކޮޅަށް ކުޅޭ މެޗެވެ. ސީބީއެލް އަށް އޮތީ ކޮމެޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox