މިދިޔަ މަހު ޖެންޑާއަށް 219 މައްސަލަ، އަނިޔާގެ 128 މައްސަލަ ހިމެނޭ

ކުޑަކުދިންނަށް އަނިޔާކުރުން ރަމްޒުކޮށްދޭ ފޮޓޯއެއް

ކުޑަކުދިންނަށް އަނިޔާކުރުން ރަމްޒުކޮށްދޭ ފޮޓޯއެއް

ނިމިދިޔަ ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް 219 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި، އަނިޔާގެ 128 މައްސަލައެއް ހިމެނޭކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އޭގެ އިތުރުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 36 މައްސަލަ ވެސް ރިޕޯޓުކުރި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ، އިހުމާލުވުމުގެ މައްސަލަ އާއި، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ހާނިއްކައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުމާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި، ބްލެކްމެއިލް ކުރުމާއި، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަތަކެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަ އާއި އެކި ކަހަލަ ހާނިއްކައިގެ މައްސަލަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އޭގެ އިތުރަށް ހިފެހެއްޓުމުގެ މައްސަލައާއި، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އަދި ބިރުދެއްކުމުގެ މައްސަަލަތައް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ހަމައެއާއެކު، ކުޑަކުދިންނާ ގުޅުންހުރި އިތުރު 19 މައްސަލަ ވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަހުލާގީ މައްސަލަތަކާއި، ހައްގުތަކުން ކުދިން މަހުރޫމު ކުރުމުގެ މައްސަލަތަކެވެ.

  • ސްކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލަ
  • ސްކޫލަށް ނުފޮނުވުމުގެ ހަތަރު މައްސަލަ
  • ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ
  • ސްލޫކީ ތިން މައްސަލަ
  • ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ މައްސަލައެއް
  • ރުޅިވެރި، ގަވާއިދާ ހިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ މައްސަލައެއް
  • އައިޑީކާޑު/ޕާސްޕޯޓު/އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ މައްސަލައެއް
  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ މައްސަލައެއް

އޭގެ އިތުރަށް އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 19 މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑާއަށް ހުށަހެޅިއެވެ. އަދި، ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ވެސް ޖެންޑާއަށް 18 މައްސަލަ ހުށަހަޅާފައިވާއިރު، ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ ސަބަބުން ވެސް އެއް މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 186 އެވެ. އެގޮތުން، މިދިޔަ މަހު ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ، ތިން ކުއްޖެއް ރީއިންޓަގްރޭޓްކޮށް، ދެ ކުއްޖަކު ވަނީ ފޯސްޓާ ކޮށްފަ އެވެ. އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް 18 އަހަރު ފުރުމާ ގުޅިގެން އެ ކުއްޖާއަށް ވަނީ ވަޒީފާ ހޯދައި ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox