މޮރިޝަސްއާ އެއްކޮޅަށް އެރުމާ ކަނޑުގެ އިން ވަކިކުރުމާ ގުޅުމެއް ނެތް: އަހަވަން

އާބިޓްރޭޝަންގައި އަހަވަން ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ. -ފޮޓޯ: އޭޖީ އޮފީސް

އާބިޓްރޭޝަންގައި އަހަވަން ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ. -ފޮޓޯ: އޭޖީ އޮފީސް

ރާއްޖޭގެ ދެކުނުގައިވާ ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމާ އެެއްކޮޅަަށް އެރުމަކުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާ ގޮތަށް ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ގަރާރަށް ކުރިން ރާއްޖޭން ތާއީދު ނުކުރެ އެވެ. އެ ނިންމުން ކުއްލިއަކަށް ބަދަލުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވެގެން ކަމުގެ އަޑުތައް ގަދަވެ، ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މޮރިޝަސްއިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހެޅީ އޮގަސްޓު 23، 2019 ގަ އެވެ. މޮރިޝަސް އިން ހުށަހެޅި އެ މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ރާއްޖޭން ފާހަގަކުރި އެވެ. އެހެން ނަމަވެސް ޖަނަވަރީ 28، 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

އެ ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރަމުންދާ ޓީމު ލީޑުކުރައްވާ ޕްރޮފެސާ ޕަޔަން އަހަވަން އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް ރާއްޖޭން އެއްބަސްވީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އެ ގޮތަށް ނިންމުމުން ކަމަށެވެ.

އެ ގޮތަށް އެއްބަސްވުމާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް މޮރިޝަސްއާއެކު ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަހަވަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މިހާރު ޗާގޯސްގެ އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތުގެ އިތުރުން މޮރިޝަސްއާއެކު ވެސް ރާއްޖޭން އެކި ދުވަސްވަރު މަޝްވަރާ ކުރި ކަމަށެވެ.

"ހަގީގަތުގައި ރާއްޖެއަކަށް މުހިންމެއް ނޫން ކޮން ބައެއްގެ ސިޔާދަތީ ބާރުތޯ [ޗާގޯސްގައި] ހިނގަނީ. މެރިޓައިމް ބައުންޑަރީ ކަނޑައެޅުމުގަ މިހާތަނަށް އެއްބަސްވުމަކަށް ނާދެވި އޮތީ ކާކާއެކުތޯ އެއްބަސްވުމެއް ހަދަންވީ ނޭނގޭތީ،" އަހަވަން ވިދާޅުވި އެވެ.

މޮރިޝަސްއާއެކު ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގެ ކުރު ހުލާސާއެއް ވެސް އޭނާ ދެއްވި އެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނަނީ އިން ވަކިކުރުމަށް ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް ކަމަށެވެ. އެކަމާ ރާއްޖޭން ދެކޮޅު ހަދާއިރު، ހިލާފު އުފެދިގެން އުޅެނީ ގާތްގަނޑަކަށް ހަތަރުހާހެއްހާ އަކަ ކިލޯމީޓަރާމެދު ކަމަށް އަހަވަން ފާހަގަކުރެއްވި އެވެ.

"މާބޮޑު ސަރަހައްދެއް ނޫން އަސްލު ދެބަސްވުން އުފެދިގެން މިއުޅެނީ. އެކަމަކު އެއްވެސް ގައުމަކުން ކަނޑުގެ ސަރަހައްދުން ވިޔަސް އެންމެ އިންޗިއެއް ވެސް ދޫކޮށްލަން ބޭނުންނުވާނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހަވާލާދީ ރަނގަޅު ނުކުތާތަކެއް ފާހަގަކޮށްފައިވާނެ ކަމަށާއި، އިން ވަކި ކުރުމުގައި ރާއްޖޭން ބޭނުންވާ ގޮތަށް ފަނޑިޔާރުން ނިންމާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އަހަވަން ވިދާޅުވި އެވެ.

މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން އެރުމުގައި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުއްލިއަކަށް ބަދަލުވެގެން އުޅޭ ކަމުގެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ސަރަހައްދެއް ވަކި ގައުމަކުން އިސްތިއުމާރުކުރުމާ ރާއްޖޭން އަބަދުވެސް ދެކޮޅެވެ.

"މިއީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ނޫން. މިއީ ދިވެހި ސަރުކާރުގެ އަމިއްލަ ނިންމުމެއް،" އިންޑިއާގެ ނުފޫޒާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތާއި ބަދަލުކުރި ނިންމުން

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ އެތަން ހަވާލުކުރުމަށެވެ. އެ ނިންމުމާ ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއިދުކުރި އެވެ. ނަމަވެސް ރާއްޖޭން އޭރު އެ ގަރާރަށް ތާއިދެއް ނުކުރެ އެވެ.

އދ ގެ އާންމު މަޖިލީހުގައި އޮތް އެ ގަރާރުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައި އޮތަސް، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިން ގަރާރަށް ތާއިދު ނުކުރީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ.

އެ ނިންމުން ބަދަލުކޮށް، މޮރިޝަސްއާ އެއްކޮށް ވޯޓުލާން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ފާހަގަ ކުރެއްވައިފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އދ. އާންމު މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި ހާރިޖީ ސިޔާސަތު ކަނޑައެޅުމާއ، ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖޭން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު، ގައުމުތަކުގެ ސިޔާސަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ، އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނާތީ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox