ބިލު ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި

އެފްއޭއެމް ހައުސްގެ ކަރަންޓް ބިލް ދައްކާފައިނުވާތީ އެ އިމާރާތުގެ ކަރަންޓް ކަނޑާލަން ވަނީ ނިންމައިފައި.--- ފޮޓޯ: އަދަދު

އެފްއޭއެމް ހައުސްގެ ކަރަންޓް ބިލް ދައްކާފައިނުވާތީ އެ އިމާރާތުގެ ކަރަންޓް ކަނޑާލަން ވަނީ ނިންމައިފައި.--- ފޮޓޯ: އަދަދު

ސްޓެލްކޯ އަށް ދައްކަން ޖެހޭ ކަރަންޓު ބިލު ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް އިން ކަރަންޓު ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުގައި އެފްއޭއެމް ހައުސްގެ ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އަދި މީގެ ކުރިން އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ސްޓެލްކޯ އިން އެފްއޭއެމް އަށް ގިނަ ފުުރުސަތުތަކެއް ދީފައިވާ ކަަމަށާއި ނަމަވެސް މިހާތަނަށް އެކަންވެސް ކޮށްފައިނުވާ ކަމަށް ބުނެފައިވެ އެވެ.

މިއަދު ކަރަންޓު ކަނޑާލައިފައިވަނީ އެފްއޭއެމް ހައުސް އިން ކަމަށާއި މި ފައިސާ ނުދައްކާނަމަ އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓު ކަނޑާލުމަށް ވިސްނަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ އިސް އޮފިޝަލަކު "އަދަދު" ވިދާޅުވީ ގޮތުގައި މި މައްސަލައިގައި ވަރަށް އަވަހަށް އެ އިދާރާއިން ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.

އެފްއޭއެމް ހައުސް ހުންނަތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމުގެ ގޮތުން ދެކުނު ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށް، އޭގެ ފަހުން އެފްއޭއެމްގެ މަސައްކަތްތައް ކުރަން ފެށީ ޗާންދަނީ މަގުގައި ހުންނަ އޮފީހެއްގަ އެވެ. އެފްއޭއެމްގެ އިދާރީ ބައެއް މަސައްކަތްތައް މިހާރު ގަލޮޅު ދަނޑުގެ ރޮސްޓްރަމް މަތީގައި ހުންނަ އޮފީސް ބައިގައި ވެސް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ބަލިވާ މީހުން ބަހައްޓާ ފެސިލިޓީއެއްގެ ގޮތުގައި ވެސް އެފްއޭއެމް ހައުސް ވަނީ ބޭނުންކޮށްފަ އެވެ. އެފްއޭއެމް ހައުސް ހުންނަތަނުގައި އަޅާ 20 ބުރީގެ އިމާރުގެ މަސައްކަތް ނުފެށި، އެކި ކަންކަމުގައި މިހާރު ވެސް އެފްއޭއެމް ހައުސް އަންނަނީ ބޭނުންކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox