މާލޭގެ ހަދީބީ މަގުގައި އިމާރާތްކުރާ ފުސް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކާލުމަށް ހުޅުވާލައިފި އެވެ.
ޕޭން ރިއަލް އެސްޓޭޓުގެ ޕްރޮޕަޓީއެއް ކަމަށްވާ ފުސް ރެސިޑެންސަކީ ކާރޫ ބާރޫ ބޮޑު މާލޭގައި ހިތްފަސޭހަ ކަމާއި އެކު ދިރިއުޅުމަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. އަދި މި ރެސިޑެންސްގައި އެކުލެވިގެންވަނީ ޖާގައިގެ ގޮތުން ތަނަވަސް އެޕާޓްމަންޓު ތަކެކެވެ.
ޖުމްލަ 10 ބުރީގެ މި އިމާރާތަކީ ޕްރައިވެޓް ޕާކިން އާއި ރެސިޑެންޓު ޖިމް އެއްވެސް ހިމެނޭ މާލެ ސިޓީގެ ޕްރިމިއަމް ލޮކޭޝަނެއްގައި ހަދާ އިމާރާތެކެވެ. އެގޮތުން ގިނަ އޮފީސްތަކާއި ސަރުކާރުގެ މައި އިދާރާތަކާވެސް ދުރުނޫން މި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ލައުންޖެއްވެސް ހިމެނެ އެވެ.

ފުސް ރެސިޑެންސް އެޕާޓްމެންޓް ތަކުގެ 3D ކުރެހުމެއް
ފުސް ރެސިޑެންސްގައި ހުރި އެޕާޓްމަންޓު ތަކަކީ 1500 އަކަ ފޫޓުގެ ބޮޑު، ހަތަރު ބެޑްރޫމާއި ޔޫޓިލިޓީސް ރޫމް ހިމެނޭ އެޕާޓްމަންޓު ތަކެކެވެ. ސެމީ ފާނިޝްޑް މި އެޕާޓްމަންޓްތައް ހަވާލުކުރެވޭއިރު ކިޗެން ކެބިނެޓް، އުނދުން އަދި ކޮންމެ ކޮޓަރިއެއްގައި އެއާކޮންޑިޝަނާވެސް ހަރުކުރެވިފައި ހުންނާނެ އެވެ. އެޕާޓްމަންޓްތައް ނިންމާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި އެޕާޓްމަންޓުތަކުގެ ޖުމްލަ އަގަކީ ހަތަރު މިލިއަން ރުފިޔާ އެވެ. ނަމަވެސް ފައިސާ ދެއްކުމުގައި ފަސޭހަ ޕްލޭންތަކެއް ޕޭން ރިއަލް އެސްޓޭޓުނ ފޯރުކޮށްދޭނެ ކަމަށް އެފަރާތުން ބުނެ އެވެ. އެގޮތުން ބުކިން ފީގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ޖުމްލަ އަގުގެ ބާކީ ބައި ބަހާލައިގެން ދެއްކޭނެ އެވެ. ޖުމްލަ ނުވަ ޕޭމަންޓެއްގެ މައްޗަށް ބަހާލެވޭއިރު ފުރަތަމަ ޖުމްލަ އަގުގެ 20 އިންސައްތަ އަދި ދެން ދައްކާ އަށް ޕޭމަންޓުގެ ކޮންމެ ޕޭމަންޓެެއްގައި ޖުމްލަ އަގުގެ 10 އިންސައްތަ ދައްކަން ޖެހޭނެ އެވެ. މިގޮތަށް ފައިސާ ދެއްކުމަށް އެންމެ ފަހު ތާރީހެއްގެ ގޮތުގައި ޕޭން ރިއަލް އެސްޓޭޓުން ކަނޑައަޅާފައިވަނީ އޮކްޓޯބަރު، 2024 އެވެ.
ފުސް ރެސިޑެންސްގެ އެޕާޓްމެންޓަކަށް ބުކިން ހަދާލުމަށް ނުވަތަ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ޕޭން ރިއަލް އެސްޓޭޓުގެ ފޯނު ނަމްބަރު 7876996 އަށް ގުޅާލެވޭނެ އެވެ. ނުވަތަ sales@pre.mv އަށް މެއިލް ކޮށްލެވޭނެ އެވެ.













