ޝަރީއަތަކާ ނުލާ ފުރަތަމަ ފަހަރަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން : ސިވިލް ކޯޓުން ވަނީ ފުރަތަމަ ފަހަރަށް ޝަރީއަތަކާއި ނުލާ ހުކުމެއް ކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން : ސިވިލް ކޯޓުން ވަނީ ފުރަތަމަ ފަހަރަށް ޝަރީއަތަކާއި ނުލާ ހުކުމެއް ކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި އަހަރު އަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތަކާ ނުލާ ފުރަތަމަ ފަހަރަށް ހުކުމެއް ކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި މި ހުކުމަކީ ރާއްޖެއިން ބޭރުން ދޫނިތަކެއް ގެނައުމަށްޓަކައި އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ފަހުން ދައްކާ ގޮތަށް އެކި ފަހަރު މަތިން ފައިސާ ނެގުމަށްފަހު ދައުވާ ލިބޭ ފަރާތުން އެ ދޫނިތައް ގެނައުމަށްފަހު އެ ފައިސާ ދައުވާ ކުރާ ފަރާތަށް ދައްކާ ހަލާސްކޮށްފައިނުވާތީ ކުރެވުނު ދައުވާއެއްގެ ހުކުމެވެ.

އެ އެއްބަސްވުމުގެ ދަށުން ދައުވާ ލިބޭ ފަރާތުން ވަނީ ދައުވާ ކުރާ ފަރާތުގެ އަތުން ޖުމްލަ 50،000ރ. އަދި 7،000 އެމެރިކާ ޑޮލަރު ނަގާފަ އެވެ. އެ ފަރާތުން ދައުވާ ކޮށްފައިވަނީ މި ފައިސާ ހޯދުމަށް ކޯޓަށް ހުށަހަޅާ ވަކީލަށް ހޭދަކުރި 20،000ރ. އާއެކު ޖުމްލަ 70،000ރ. އަދި 7،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ.

ދައުވާ ލިބޭ ފަރާތުން ދައުވާއަށް ރައްދު ދިނުމަށް ލިބުނު މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ދައުވާ ކުރި ފަރާތުން ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގެ ހުކުމް ކޮށްދިނުމަށް އެދިފަ އެވެ.

ނިމިދިޔަ ޖޫން މަހު އަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 100 ވަނަ މާއްދާގައި ވާގޮތުން ދައުވާގެ ލިޔެކިޔުންތަކާ ދައުވާ ލިބޭ ފަރާތުން ހަވާލުވުމަށްފަހު އެ ގާނޫނުގެ 103 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި އެ ގާނޫނުގެ އެގާރަވަނަ ބާބުގައި ބުނާގޮތަށް ދައުވާއަށް އެއްބަސްވެފައިނުވާ ނަމަ ނުވަތަ އެ ގާނޫނުގެ ބާރަވަނަ ބާބުގައި ބުނާގޮތަށް ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވާނަމަ އެ މައްސަލައެއް ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ނިންމައި ޣައިރު ހާޒިރުގައި ހުކުމެއް އިއްވުމަށް ދައުވާކުރާ ފަރާތަށް އެދެވޭނެ އެވެ.

ދައުވާ ލިބޭ ފަރާތަށް މަދަނީ އިޖުރާއަތުގެ ގާނޫނުން ލިބޭ 14 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ދައުވާ ލިބޭ ފަރާތުން ދައުވާއަށް އެއްބަސްނުވެ ދައުވާއަށް ދިފާއެއް ހުށަހަޅާފައެއްނުވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމްގައި ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލައިގެ ޝަރީއަތް ހިންގުމަކާ ނުލާ ދައުވާ ލިބޭ ފަރާތާ ދެކޮޅަށް އެފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމަންޖެހޭކަމަށް ދެކޭ ކަމުގަ އެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ ދައުވާ ލިބޭ ފަރާތުން ކުރިން ބުނި 70،000ރ. އަދި 7،000 އެމެރިކާ ޑޮލަރު ދައުވާ ކުރި ފަރާތަށް އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox