މީރާގެ ޔައުމިއްޔާއެއް ދޭންނުޖެހޭ ކަމަށް އައިކޮމުން ނިންމި ގޮތް ގޯސް ކަމަށް ކޯޓުން ކަނޑައަޅައިފި

ހައިކޯޓު: އައިކޮމްއިން އެ މައްސަލަ ނިންމާފައިވަނީ އިިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވަނީ ނިންމާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހައިކޯޓު: އައިކޮމްއިން އެ މައްސަލަ ނިންމާފައިވަނީ އިިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވަނީ ނިންމާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)ގައި ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯދަން އެދުމުން، އެއީ މައުލޫމާތު ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އިންފޮމޭޝަން ކޮމިޝަނުން އަންގާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މީރާގައި 2017 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯދަން އެދިފައިވަނީ ލޯފާމެއް ކަމަށްވާ ސީޓީއެލް ސްޓެރެޓީޖް އިންނެވެ.

އެ ކުންފުންޏަށް ޖަވާބު ދެމުން މީރާއިން ވަނީ އެއީ ރަސްމީކޮށް ތައްޔާރުކޮށްފައިވާ ޔައުމިއްޔާއަކަށް ނުވާތީ ނުދެވޭނެ ކަމަށް އަންގާފަ އެވެ. އެ ނިންމުމާ ގުޅިގެން އައިކޮމުން ނިންމީ އެއީ މައުލޫމާތު ތެރޭގައި ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ އައިކޮމްއިން ބެލީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސީޓީއެލްއިން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މީރާ ކޮޅަށް ނިންމާފައިވަނީ އެ މައުލޫމާތަކީ ދެވެން ނެތް މައުލޫމާތެއް ކަން މީރާއިން ސާބިތުކޮށްދީފައިނުވަނީސް ކަމަށް ވެސް ބުނެފައިވެ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ވަނީ ސީޓީއެލްގެ ފަރާތުން އެ އިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިރު، މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުން އައިކޮމް ފިޔަވައި އިތުރު ފަރާތެއް ހިމަނާފައި ނުވާކަން ފާހަގަކުރައްވާފަ އެވެ.

އަދި މައްސަލަ ފުރިހަމައަށް ނިންމުމަށް މި މައްސަލައިގައި މަސްލަހަތު ހިމެނޭ މީރާއަށް ވެސް ދައުވާކުރުން ބޭނުންތެރި ކަމަށާއި އެކަމަށް ކޯޓުން އަމުރު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އައިކޮމް އިން ވަނީ މި މައްސަލަ ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ކޯޓުގައި އިއުތިރާފްވެފަ އެވެ.

އެހެންކަމުން، މައްސަލައިގައި މީރާ ހިމެނި ނަމަވެސް މައްސަލައިގެ އާޚިރު ނަތީޖާއަކަށްވާނީ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ތަހުވީލު ކުރެވިގެން ދިއުން ކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

"މި މައްސަލައިގައި އޮތް އެންމެ އަދުލުވެރި ހައްލެއް ކަމަށް އަހުރެންނަށް ބުރަވެވެނީ މި މައްސަލައިގެ އިސްތިއުނާފް ފޯމުގައި އިސްތިއުނާފުރައްދުވާ ފަރާތެއްގެ ގޮތުގައި މީރާ ހިމަނާފައި ނެތަތީވެ ފޯމު ބާތިލުކުރުމުގެ ބަދަލުގައި، ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް މައްސަލަ އަލުން ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި މައްސަލަ ތަހުވީލުކުރުން،" ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox