މަތިމައްޗަށް އިސްލާހު؛ ބިލުތަކުގައި މައްސަލަ ގިނަވުމުން ނުރުހުން

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ؛ ބިލުތަކުގައި އުސޫލީ މައްސަލަ ގިނަވުމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައި-- ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ؛ ބިލުތަކުގައި އުސޫލީ މައްސަލަ ގިނަވުމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައި-- ފޮޓޯ: މަޖިލިސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގައި އުސޫލީ މައްސަލަ ގިނަވާތީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިމްތިޔާޒް މިއަދު ވިދާޅުވީ މި ބިލު މަޖިލީހަށް ފޮނުވުމުގެ މަގުމަތީގައި ވަނިކޮށް، ބިލަށް އިތުރު އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެއީ ޕެންޝަނާއި ރިޓަޔަމެންޓު އޭޖާއި ބެހޭ ގޮތުންނާއި ފަނޑިޔާރުންނަށް ފްލެޓު ދިނުމާ ބެހޭ ގޮތުން އެ ދެކެވުނު ވާހަކައެއްގެ ތެރެއިން އަނެއްކާ އެ ބިލަށް ވެސް އިސްލާހެއް ވެސް ފޮނުވާފައި،" އިމްތިޔާޒް ވިދާޅުވި އެވެ.

މިފަދަ އުސޫލީ މައްސަލަތައް މި ފަހުން ގިނަކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމުން، އެ ބިލު ދިފާއުކޮށް ވާހަކަ ދެއްކުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިހެން ދިމާވަނީ ބިލުތައް ޑްރާފްޓުކޮށްފައި ހުށަހެޅުމުގައި ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރުމެއް ނެތި ފޮނުވުމުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އިމްތިޔާޒް ދެން ފާހަގަކުރެއްވީ ކޮމިޓީ މަރުހަލާގައި މިހާރު އޮތް ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބިލު ފޮނުވުމުގައި ފޮރިން މިނިސްޓްރީގެ ހިޔާލު ހޯދާފައި ނުވާ ކަމުގެ ކަންބޮޑުވުމެވެ. އެގޮތުން ބިލަށް ހިޔާލު ހޯދުމަށް ފޮރިން މިނިސްޓްރީއަށް ލިޔުމުން، އެ މިނިސްޓްރީގެ ޖަވާބުން ކޮމިޓީ މެންބަރުން ހައިރާންވާން ޖެހުނު ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

"ފޮރިން މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުން ހާސިލުކުރަން އުޅޭ މަގުސަދު ހާސިލުވުމަށް ޓަކައި އޭގެ ބަޔާންކޮށްފައި ހުރި ކަންތައްތައް ފަހުމު ނުވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ދަންނަވަން، އަދި އެ ބިލު ޑްރާފްޓު އިސްލާހު ކުރުމުން މެނުވީ ކޮމެންޓެއް ކުރައްވަން އެނގިވަޑައިނުގަންނަވާނެ ކަމަށް،" އިމްތިޔާޒް ވިދާޅުވި އެވެ.

މިފަދަ އުސޫލީ މައްސަލަތައް ގިނަަކަން ފާހަގަކުރައްވައި އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިފަދަ އުސޫލީ މައްސަލަތަކަށް ރަނގަޅު ނިޔަތުގައި އެޑްރެސްކޮށްގެން މެނުވީ އަޅުގަނޑު ހިތުން މިކަހަލަ ކަންތައްތައް ރަނގަޅެއް ނުވާނެ،" ވާހަކަ ނިންމާލައްވަމުން ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރަން ބޭނުންވާ 65 އަހަރުން ދަށުގެ ފަނޑިޔާރުންނަށް ރިޓަޔާ ކުރެވޭނެ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ ބިލު މަޖިލީހަށް ފޮނުވުމަށް ފަހުގަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން އެޖީ އޮފީހުން ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވި ބިލުގައި ވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށެވެ.

މިހާރު ކޮންމެ އުމުރެއްގައި ވެސް ފަނޑިޔާރު ކަމުގެ ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާވެވޭނެ އެވެ. އަދި، އެ ފުރުސަތު އަދިވެސް އޮންނަން ވާނެ ކަމަށް ވިދާޅުވެ ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން ޝުއޫރު ފާޅު ކުރައްވާފައިވެ އެވެ.

އޭޖީ އޮފީހުން މިފަހުން ސަރުކާރަށް ފޮނުވާފައިވާ ގިނަ ބިލުތަކެއްގައި މައްސަލަ ހުރުމުން އެ ކަން އިސްލާހު ކުރުމަށް އިތުރު ބިލު ފޮނުވާފައިވެ އެވެ. އެގޮތުން ގްރީން ޓެކްސް ނެގޭނެ މުއްދަތާ މެދު ސުވާލު އުފެދުނު ބިލާއި ހެއްކާ ބެހޭ ގާނޫނު ފާސްކުރިއިރު އޭގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަޖިލީހަށް މިއަދު ހުށަހެޅި ބިލަކީ ފާހަގަކޮށްލެވޭ ބިލުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox