ވެރިކަން ލިބިއްޖެނަމަ އަސްލު ވަގުންނަކީ ކޮބާކަން ހާމަކުރާނަން: ޔާމީން

ރައީސް ޔާމީން؛ ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން؛ ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އަލުން ވެރިކަން ލިބިއްޖެނަމަ، އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި އަސްލު ވަގުންނަކީ ކޮބާކަން ހާމަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ އިހަަވަންދޫގައި ބޭއްވި ޖަލްސާގައި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހަގީގީ ވަގުންނަކީ ކޮބާކަން ރައްޔިތުންނަށް ދެއްކުން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ހައްގެއް، ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެ. މީހުންނާ ދިމާލަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލާލީމަ އެނގޭނީ ކޮންބައެއްތޯ ވަގުންނަކީ. ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި," ސަރުކާރާއި، ސަރުކާރު ހިންގާ ކޯލިޝަނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ މަންފާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގޮނޑިތަކުގައި ތިބި މީހުންނަށް ކަމަށެވެ. އަދި ރައީސް ސޯލިހަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް އެފަދަ ތުހުމަތުތަކެއް ކުރެވުނީމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތަކީ ފުރަތަމަ ވެސް މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ. ޑިމޮކްރެސީއަކީ އެ ޒިންމާ އުފުލުންކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އެފަދަ ތުހުމަތުތަކެއް އައިސްފިނަމަ އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުން ކައިރީ އެދެވެން ވާނެ ކަމަށެވެ.

"މިހާރު ހުންނެވި ރައީސްގެ މައްޗަށް އުފެދޭ ތުހުމަތާއި، ބަދުނާމާއި، ކޮރަޕްޝަނުގެ އަމަލުތައް އެހެރީ ފެންނަން," ޔާމީން ވިދާޅުވި އެވެ.

ޔާމީން ތުހުމަތު ކުރެއްވީ، އެމްއެމްޕީއާރްސީ ހިޔާނާތުން ލިބުނު ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ޖީބަށް ވަން ކަމަށެވެ. އެގޮތުން އޭރު މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން އެކި ކަންކަމަށް ވޯޓު ދެއްވީ ރައްޔިތުންނަށް ރަނގަޅަކަށް ނޫން ކަމަށާއި، ޖީބަށް ފައިސާ ވަނީމަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެކޮން ފައިސާއެއް؟ އެއީ ހަމަ އެމްއެމްޕީއާރްސީ ކަޅު ފައިސާ ވަދެފައި ހުރީ. އެމީހުން ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވަންޏާމު ރައީސް ޔާމީނުގެ ފަސް އަހަރުގެ ފަސް ބަޖެޓަށް ވޯޓުދޭން ވާނެ," ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހާލަތު ބަދަލުވެގެން ގޮސް، ސަރުކާރު ބަދަލުވެއްޖެ ނަމަ ކަށަވަރުކުރަން ބޭނުންވާ ކަމަކީ ފައިސާ ނެގީ ކޮން ބައެއް ކަމާއި، ވައްކަން ކުރީ ކޮން ބައެއްތޯ އާއި، ކޮރަޕްޝަން ހިންގާފައިވާ ބަޔަކީ ކޮން ބައެއްތޯ ހާމަކުރާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަންފާ މިހާރުގެ ސަރުކާރުގެ ވެރިންނަށް ލިބުނު ކަމަށް ތުހުމަތުކުރައްވާ ރައީސް ޔާމީން ވާހަކަދެއްކެވިއިރު، އެމްއެމްޕީއާރްސީގެ ރަށްތައް ވިއްކައިގެން ލިބުނު ފައިސާއަށް އެމަނިކުފާނު ހިޔާނާތްތެރިވި ކަމަށް ބުނެ ދެ ދައުވާއެއް އުފުލި ޝަރީއަތުގެ މަރުހަލާގައި ހިނގަމުން އެބަ ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox