ދުނިޔޭގައި ވެސް ފުރަތަަމަ ފަހަރަށް ހުސް އަންހެނުން އެކުލެވޭ އެކުއަނޯޓުގެ ޓީމާއެކު ރާއްޖޭގެ ކަނޑުތަކުގެ ދިރާސާއެއް ހެދުމަށް ކުރިއަށް ގެންދިޔަ ޑައިވް މިޝަންތައް އިއްޔެ ނިންމާލައި، ހޯމަ ދުވަހު އެއާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކުރުމަށް ނިންމައިފި އެވެ.
އެ މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަން އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އިއްޔެ ނިންމާލި އެ ހަރަކާތަކީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް މަސް ދުވަހަށް ހިންގި ރާއްޖޭގެ ކަނޑު އަޑީގެ ސިއްރުތައް ހޯދުމަށް ކުރި ޑައިވްތަކެކެވެ.
ނެކްޓަން އިން އިއްޔެ ކުރި ޓުވީޓެއްގައި ވަނީ އެ މިޝަން މެދުވެރިކޮށް ހޯދިފައިވާ ހޯދުންތަކާ ގުޅޭ ގޮތުންނާއި ކުރިއަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ހޯމަ ދުވަހު ހާމަކުރާނެ ކަމަށް ބުނެފަ އެވެ.
އެ ދިރާސާގެ ނަތީޖާތަކުގެ މައްޗަށް އެކުލަވާލާ ފުރަތަމަ ރިޕޯޓްގެ މަސައްކަތް ނިންމައި އާންމުކުރެވޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ނެކްޓަން އިން ބުނެ އެވެ.
ދުނިޔޭގައި 1000 މީޓަރަށް ވުރެ އުހުގައި ކަނޑުގެ 100،000 ފަރުބަދަ ހުރެ އެވެ. ރާއްޖޭގައި މީގެ 34 ފަރުބަދަ ހުރެ އެވެ. މިއީ ރާއްޖޭގައި ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.

މި މިޝަންގައި ޖުމުލަ 40 ޕާޓްނަރުން ބައިވެރިވެ އެވެ. އެއީ ދިވެހި 16 ޕާޓްނަރުންނާއި، ބައިނަލްއަގްވާމީ 24 ޕާޓްނަރެކެވެ.
ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި މި މިޝަންގެ ބޭނުމަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލަމާތް ކުރުމަށް ބޭނުންވާ ދިރާސާއެއް އެކުލަވާލުމެވެ.











