10،000އާ ގާތްވެސް ނުކުރޭ، ޕީޕީއެމުން ހުށަހެޅީ 4400 ފޯމު

ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް އިލެކްޝަން ކޮމިޝަނާ ހަވާލު ކުރުމަށް އެ ޕާޓީގެ އިސް މެމްބަރުން ވަޑައިގެން-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް އިލެކްޝަން ކޮމިޝަނާ ހަވާލު ކުރުމަށް އެ ޕާޓީގެ އިސް މެމްބަރުން ވަޑައިގެން-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕާޓީ، ޕީޕީއެމްއިން އިއްޔެ 10،000 މެމްބަރުންގެ ފޯމު ހުށަހެޅި ކަމަށް ބުނާ ވާހަކަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދޮގުކޮށްފި އެވެ.

ޕީޕީއެމުން ފޯމުތައް ހަވާލުކޮށްފައި ވަނީ އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ އިސް ބޭފުޅުންނެވެ. މި ފޯމުތަކާ އީސީން ހަވާލުވެފައި ވަނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

އެ ޕާޓީން ބުނެފައިވަނީ 10،000 ފޯމު އިއްޔެ އީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން އެ ޕާޓީން ފެށި މަސައްކަތެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ނަމަވެސް އެކަން ދޮގުކޮށް އީސީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ޕީޕީއެމުން ހުށަހަޅާފައި ވަނީ 4400 ފޯމު ކަމަށެވެ. އަދި އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރުމަށް ފޯމުތައް އަލުން ގުނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްއިން 10،000 ފޯމު ކަމަށް ބުންޏަސް އަޅުގަނޑުމެން އެ ޔަގީން ކުރާނެ. ގުނާފަ ބަލާނެ އޭގަ 10،000 އިންތޯ. އަޅުގަނޑުމެން ގުނިއިރު އިނީ 4400 ފޯމު،" އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) އަހުމަދު ތޮލާލް ވިދާޅުވީ އިއްޔެ ހުށަހެޅި ފޯމުތަކުގެ އަދަދުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އިލެކްޝަނުން ހެނދުނު ގުޅި ކަމަށެވެ. އަދި އެކަން ބެލުމަށް އެ ޕާޓީގެ ޓީމެއް މިއަދު އިލެކްޝަނަށްދާ ގޮތަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިއްޔެ 10،000 ފޯމު ހުށަހެޅި ކަމަށް އެ ޕާޓީން ޔަގީންކުރެ އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބު އޮތީ މި ސެޕްޓެމްބަރު 15، ގަ އެވެ. އެ ޕާޓީން ކުރީން ބުނީ އެތެރޭގެ އިންތިހާބާ ދިމާކޮށް 11،987 މީހަކު އެ ޕާޓީއާ ގުޅެން ހުށައަޅާފައިވާ ކަމަށެވެ.

އޮގަސްޓް 17، 2011 ގައި އުފެއްދި ޕީޕީއެމްގައި މިވަގުތު 38،020 މެމްބަރުން ރަޖިސްޓްރީ ވެފައި އެބަ ތިއްބެވެ. އެ ކޯލިޝަންގެ ޕީއެންސީ ޕާޓީގެ އަދަަދަކީ 3084 މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox