އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މި މަހުގެ ދެވަނަ ދުވަހު ދެ ސައިކަލެެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ނިޔާވި މީހާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ދަންވަރު 12:30 ހާއިރު އެވެ.
ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ހިތަދޫ ދުންނިކަގެ، އިބްރާހިމް ހުސައިން (62) އެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެކްސިޑެންޓުވި ދެ ސައިކަލު ވެސް ދުއްވަން ތިބީ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ. އަދި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.













