ޗެލްސީގެ އެއް ވަނަ ކީޕަރު ކަނޑައަޅަން ޕޮޓާ އަށް ޕްރެޝަރެއް ނެތް

Oct 5, 2022, 1:49 PM
ޗެލްސީގެ އެއް ވަނަ ކީޕަރު ކަނޑައަޅަން ޕޮޓާ އަށް ޕްރެޝަރެއް ނެތް

ލަންޑަން (އޮކްޓޫބަރު 5) - ޗެލްސީގެ އެއް ވަނަ ކީޕަރެއް ކަނޑައަޅަން އޭނާ އަށް ޕްރެޝަރެއް ނެތް ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި އިނގިރޭސި ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ޕޮޓާ ހަވާލުވިއިރު، ޗެލްސީގެ އެއް ވަނަ ކީޕަރުގެ މަގާމުގައި ހުރި އެޑޮއާޑް މެންޑީ އައީ އަނިޔާއަކުން ރިކަވާވަމުންނެވެ. އެހެންވެ، ޗެލްސީގެ ގޯލު ބަލަހައްޓަމުން އައީ ކެޕާ އަރިއްޒަބަލާގާ އެވެ. ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ ކީޕަރަކަށް ހުރީ ކެޕާ އެވެ.

ފްރާންސްގެ ރެެނެސް އަށް 25 މިލިއަން ޑޮލަރު ދިނުމަށް ފަހު ޗެލްސީން މެންޑީ ގަތީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ. ޗެލްސީން 2018 ވަނަ އަހަރު ކެޕާ ގަތީ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގަ އެވެ. ޗެލްސީން ވަނީ ކެޕާ އާއި އެތުލެޓިކް ބިލްބާއޯއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 91 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޓާ ބުނީ އެއް ވަނަ ކީޕަރެއް ނަގަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށާއި އަދި އެ ފަދަ ޕްރެޝަރެއް ސިކުނޑީގައި ނެތް ކަމަށެވެ.

"އެއް ވަނަ ކީޕަރެއް ނޫނީ ދެ ވަނަ ކީޕަރެއް ނަގަން އަވަސް އަރުވާލައިގެން ނޫޅެން. ފުރަތަމަ ކަމަކަށް އަހަރެން ބޭނުމީ ކެޕާ އުފަލުން ފުޓްބޯޅަ ކުޅޭތަން ބަލަން. އެކަން އޭނާ އެބަކުރޭ، ކްރިސްޓަލް ޕެލަސް މެޗަކީ އޭގެ މެޗެއް. ދެން، އަހަރެން ވިސްނަނީ އެޑީ (މެންޑީ) ފިޓްކޮށް އެނބުރި އަންނަން އެހީވާން،" ޕޮޓާ ބުންޏެވެ.

ޗެލްސީ މި ވަގުތު އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އެންމެ ފުލުގަ އެވެ. އެއީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. މިރޭ ޗެލްސީން އަމިއްލަ ދަނޑުގައި ކުޅޭނީ އޭސީ މިލާންއާ އެވެ.

މިލާން އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. މިރޭގެ މެޗާ ކުރިމަތިލާއިރު، ޗެލްސީ އަށް ޕްރެޝަރެއް އޮތްތޯ އެހުމުން ޕޮޓާ ބުނީ ފުޓްބޯޅައިގައި އަބަދުވެސް ކޮންމެ ވެސް ޕްރެޝަރެއްގެ ވާހަކަ ދެކެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox