އައްޑޫގައި އިއްޔެ ބޮޑު މުޑު ފާނަ ބޭނުމުން ތަޖުރިބާކާރުން ކަންބޮޑުވެއްޖެ

އިއްޔެ އައްޑޫއިން ބޭނި ބޮޑު ފާނަ: މިފަދަ ބޮޑެތި ފާނަ ދޫނުކޮށްލުމުން ފާނަ އާލާވުމަށް ހުރަސްއެޅޭ ކަމަށް ތަޖުރިބާކާރުން ބުނޭ -- ފޮޓޯ: އަހުމަދު ފާރިސް

އިއްޔެ އައްޑޫއިން ބޭނި ބޮޑު ފާނަ: މިފަދަ ބޮޑެތި ފާނަ ދޫނުކޮށްލުމުން ފާނަ އާލާވުމަށް ހުރަސްއެޅޭ ކަމަށް ތަޖުރިބާކާރުން ބުނޭ -- ފޮޓޯ: އަހުމަދު ފާރިސް

އިއްޔެ އައްޑޫގައި ހަ ފޫޓުގެ ބޮޑު މުޑު ފާނައެއް ބޭނުމުން، އެއީ ފާނަ އާލާވުމަށް އޮތް ހުރަހެއް ކަމަށް ބުނެ ކަމުގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހިތަދޫގައި ބަޔަކު ޑިންގީއެއްގައި ނިކުމެ އިއްޔެ ބޭނި މަހުގައި 107 ކިލޯ ހުއްޓެވެ. އެ މަސް އައްޑޫގެ ކެފޭއަކަށް ވަނީ ކިރުވާލައިފަ އެވެ. އެ މަސް ބޭނުމާއެކު ކަމުގެ ތަޖުރިބާކާރުން ވަނީ އެފަދަ މުޑު ފާނަ ނުވަތަ ޖަޔަންޓު ގްރޫޕާސް ބޭނުމުން އޮތް ނުރައްކަލަށް އަލި އަޅުވާލައިފަ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ބާނާ ފާނައިގެ ވައްތަރުތަކުން ބާނާ 70 ޕަސެންޓު މަހަކީ ބޮޑުވުމުގެ ކުރިން ނަގާ މަހެވެ. އެހެންކަމުން މަހަށް ބިސް އުޅުމުގެ ފުރުސަތު ގެއްލި، މަހުގެ އާބާދީ ވެއްޓެވެ.

އިއްޔެ ބޭނި މުޑު ފާނައިގައި ފަސް ފޫޓު 11 އިންޗި ހުރިއިރު އެ ބާވަތުގެ ފާނަ ހަތް ފޫޓު ހަ އިންޗިއާ ހަމައަށް ބޮޑުވެ، 30 ވަރަކަށް އަހަރު ދިރިއުޅެވެ. އަދި އެ ބާވަތުގެ ފާނަ ބިސް އަޅަނީ ހަތަރު ފޫޓަށް ބޮޑުވުމުންނެވެ. އެހެންކަމުން އިއްޔެ ބޭނި ފާނައަކީ ބިސް އަޅާ އުމުރުގެ، އެ ބާވަތުގެ ފާނަ އާލާ ކުރުމަށް މުހިންމު މަހެކެވެ.

"މިވަރު ބޮޑު ފާނައެއް ފެނުމީ އަޖައިބެއް ފަދަ ކަމެއް. މި ރީތި ފާނަ ނުބޭނި ނަމަ، ވަރަށް ގިނަ ބިސް އަޅައި، ކުރިއަށް އޮތް އެތައް ޖީލަކަށް ދެމިގެންދާ ވަރަށް ފާނަ އާލާ ކުރާނެ،" ރާއްޖޭގައި މުޑު ފާނަ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ، ބްލޫ މެރިން ފައުންޑޭޝަނުގެ ކެމްޕެއިންސް ޕްރޮޑިއުސަރު ވިވިއެން އީވަންސް ޓުވިޓާގައި ލިޔެފައި އޮތެވެ. "މުޑު ފާނައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ލިސްޓަށް އިތުރު ކުރަންޖެހޭ މަހެއް."

އޭގެ އިތުރުން މި ނޫހާ ވާހަކަ ދައްކަމުން ތަޖުރިބާކާރު ކެޔޮޅު މުހައްމަދު އަންވަރު ބުނީ ރާއްޖޭގައި ބާނާ ފާނައިގެ ސައިޒު ކުދިވަމުންދާ ކަމަށާއި ފާނަ ބޭނޭ މިންވަރު ވެސް މަދުވެފައިވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ގިނައިން މަސް ބޭނުން ކަމަށް އަންވަރު ދެކެ އެވެ.

"ލޮޖިކަލީ ވިސްނާ ނަމަ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް ބެލެވޭ މިހާވަރުގެ ބަދަލެއް އަންނަން. އެގޮތުން ވިޔަފާރިއަށް މަސް ބާނާ މީހުންނާއި ހުސް ވަގުތު މަސް ބާނާ މީހުންނާއި ދުވާލާއި ރޭގަނޑު ވެސް ކުޅިވަރަށް މީހުން މަސް ބާނާ. އެހެންވެ ފަރުތަކަށް ލިބެންޖެހޭ އަރާމެއް ނުލިބޭ،" ތަފުސީލު ކޮށްދެމުން އަންވަރު ބުންޏެވެ.

އަންވަރު ބުނީ މުޑު ފާނައަށް އޮތް ހޭލުންތެރިކަން ކުޑަވުމުން އަދި އެއީ ބޭނުން މަނާ މަހަކަށްނުވާތީ މަސްވެރިން ފާނަ ބޭނުމުގައި މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. އެކަމަކު ރަނގަޅު ގޮތަކީ މުޑު ފާނައެއް ބޭނިއްޖެ ނަމަ ދޫކޮށްލުން ކަމަށް އޭނާ ބުންޏެވެ.

"ދޫކޮށްލާއިރުވެސް ރަނގަޅު ގޮތަކީ ކަންވާރު ކަނޑާލާފަ ބުޅި އާއި އެއްކޮށް ދޫކޮށްލުމުގެ ބަދަލުގައި މައްޗަށް ނަގާފަ އެ މަހުގެ އަނގައިން ބުޅި ވެސް ނައްޓާލާފަ ދޫކޮށްލުން. އެހެން ނޫނީ މަހުގެ އަނގަޔަށް ނަނު ވަދެ މަހަށް ދަތިތަކެއް ކުރިމަތިވާނެ،" ރާއްޖޭގެ މަސްވެރިކަމުގައި ބޭނޭ މަސްތަކާއި މަސްވެރިކަމުގެ އުކުޅުތަކައް އަމިއްލަ ގޮތުން ދިރާސާތަކެއް ކުރަމުން އަންނަ އަންވަރު ބުންޏެވެ.

އަންވަރު އިތުރަށް ބުނީ ފަރުތަކުގެ ދިރުމަށް މިވަރުގެ ބަދަލެއް އަންނަމުން ދާއިރު އެކަމާ ގުޅޭގޮތުން ރަނގަޅު ބޮޑު ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ. އަދި މި ހާލަތުން ކުރިއަށް ދެވޭނެ ގޮތެއް އިނގޭނީވެސް އެފަދަ ރަނގަޅު ދިރާސާއެއް ކުރެވިގެން ކަމަށްވެސް އަންވަރު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox