ބަސް ދަތުރަށް ފައިސާ ނަގަންފަށާއިރު، ގިނައިން ދިނަސް ބާކީ ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެފި

އެމްޓީސީސީގެ މިނީ ބަހަށް މީހަކު އަރަނީ؛ މާދަމައިން ފެށިގެން ބަހުން ފައިސާ ނަގާނެ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޓީސީސީގެ މިނީ ބަހަށް މީހަކު އަރަނީ؛ މާދަމައިން ފެށިގެން ބަހުން ފައިސާ ނަގާނެ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާދަމައިން ފެށިގެން މާލޭގައި ދުއްވާ އެމްޓީސީސީގެ މިނީ ބަހުން ފައިސާ ނަގަން ފަށާއިރު، ކަސްޓަމަރުން ދޭންޖެހޭނީ ސީދާ ދަތުރަށްވާ ފައިސާ ކަމަށާއި ގިނައިން ދިން ނަމަވެސް ބާކީ ފައިސާ ދެވޭނެ ގޮތެއް ހަމަޖެހިފައި ނޯންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމައިން ފެށިގެން މިނީ ބަހުން ފައިސާ ނަގާއިރު، ބަހަށް ފައިސާ ދެއްކުމުގެ އިންތިޒާމު ދެ ގޮތަކަށް ހަމަޖައްސާފަ އެވެ. އެއީ އާރްޓީއެލްގެ ޓްރެވެލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމާއި ނަގުދު ފައިސާ ދީގެން ޓިކެޓު ނެގުމެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ ބަހުގައި ފައިސާ މާރުކުރުމުގެ ހިދުމަތް ހަމަޖެހިފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ވެސް ހަތް ރުފިޔާ ހިފައިގެން ވަޑައިގަތުން، އޭގެ މާނައަކީ 10 ރުފިޔާ އޮންނަ ބޭފުޅަކަށް ދަތުރު ނުކުރެވޭނެއެކޭ ނޫން. އެކަމަކު އެ ބެލެންސް ދޭން ދަތިވާނެ. އެ ބެލެންސް ދެވޭނެ ގޮތެއް ހަމަޖެހިފައެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުން އަތުން ލާރިއެއް ނަގާކަށެއް. އެކަމަކު އެ ރުފިޔާ އަޅަން ހަމަޖެހިފައި ހުންނަ ފޮއްޓެއް އިންނާނެ. އެ ފޮއްޓަށް އަމިއްލައަށް ލާން ޖެހޭނީ. އަޅުގަނޑުމެންގެ މުވައްޒަފުންނެއް ފައިސާގައި އަތެއް ނުލާނެ. އަޅުގަނޑުމެންގެ މުވައްޒަފުން ދޭނީ ޓިކެޓެއް. 10 ރުފިޔާ ހިފައިގެންވެސް ދަތުރުކުރެވޭނެ އެކަމަކު ބެލެންސް ދެވޭނެ ގޮތެއް ހަމަޖެހިފައެއް ނޯންނާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނަގުދު ފައިސާއަށް ދަތުރުކުރާއިރު، ފައިސާ އަޅަން ޖެހޭނީ ބަހުގައި ހުންނަ ފޮށިގަނޑަކަށް ކަމަށާއި، އެމްޓީސީސީގެ މުވައްޒަފުން ފައިސާގައި އަތް ނުލާނެ ކަމަށެވެ. ބަހުގައި ދަތުރުކުރުމުގެ އަގަކީ ހަތް ރުފިޔާ ކަމުގައިވީ ނަމަވެސް 10 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ގެންދާ މީހަކަށް ވެސް އޭގެ ޗޭންޖު ނުދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަހުގައި ދަތުރުކުރާއިރު، ޗޭންޖު ދިނުމަކީ އެއްވެސް ގައުމެއްގައި އަމަލު ކުރާ ގޮތެއް ނޫން ކަމަށާއި އެ ގޮތަށް އަމަލުކުރަން ވެއްޖެ ނަމަ ބަހުގެ ހިދުމަތް މަޑުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް ސީދާ ހަތް ރުފިޔާ ހިފައިގެން ވަޑައިގަންނަވަން. އެހެން ނޫން ނަމަ އަޅުގަނޑުމެންނަށް އެތެރޭގައި ޗޭންޖް ދިނުމުގެ އިންތިޒާމެއް ހަމަޖެހިފައެއް ނުހުންނާނެ. އެގޮތަށް އެކަން ކުރަންވެއްޖިއްޔާމު، 10 ވަރަކަށް މީހުންނަށް ޗޭންޖު ދޭން ވެއްޖިއްޔާމު ކޮންމެ ތަނެއްގައި ފަސް ވަރަކަށް މިނިޓު މަޑުކޮށްގެން ނޫނީ އެކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އާޒިމް އެހެން ވިދާޅުވި ނަމަވެސް ބައެއް އެހެން ގައުމުތަކުގައި ބަހުން ފައިސާ މާރުކޮށްދެ އެވެ. އަދި ދަތުރަށް ވާ ފައިސާގެ އިތުރަށް ކަސްޓަމަރުގެ އަތުން ފައިސާ ނެގުމަކީ ކުރާ ކަމެއް ނޫނެވެ. އޭގެ އިތުރުން، ހިދުމަތަށް ކަނޑައެޅިފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެކެވެ.

އޭގެ އިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މޯބައިލް ފޯނުން ޓިކެޓު ގަނެވޭ ގޮތް ހެދުމުގެ އިތުރުން ނަގުދު ފައިސާއަށް ޓިކެޓު ވިއްކާ ގޮތަށް ނިންމީ އުމުރުން ދުވަސްވީ ބައެއް މީހުންނާއި އަތޮޅުތެރެއިން މާލެ އައިސް ބަހުގައި ދަތުރުކުރާ ބައެއް މީހުންނަށް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނަގައިގެން ދަތުރުކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިވަގުތު ދެ ގޮތަކަށް ޓިކެޓު ނެގުނު ނަމަވެސް އިތުރު ދެ ގޮތަކަށް ޓިކެޓު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ތިން ވަނަ ގޮތަކަށް ތައާރަފުކުރަނީ ވިސާގެ ކޮންޓެކްޓު ލެސް ކާޑު ބޭނުންކޮށްގެން ޓިކެޓު ނެގުމެވެ. އެގޮތުން މި އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ހަތަރު ވަނަ ގޮތަކީ އެމްޓީސީސީން ދޫކުރާ އާރްޓީއެލް ޕްރިޕެއިޑް ދަތުރު ކާޑެއް މެދުވެރިކޮށް ދަތުރުކުރުމެވެ. އާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެ ކާޑު ތައާރަފުކުރަނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox