އަމީނީ މަގުން ގަސް ކަނޑާ މައްސަލަ މަޖިލީހަށް

އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއަށް ގަސްކަނޑަމުން ދަނީ؛ މަޖިލީހަށް ވަނީ މައްސަލައެއް ވައްދާފައި - ފޮޓޯ; މުހައްމަދު ޝާބިން | އަދަދު

އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއަށް ގަސްކަނޑަމުން ދަނީ؛ މަޖިލީހަށް ވަނީ މައްސަލައެއް ވައްދާފައި - ފޮޓޯ; މުހައްމަދު ޝާބިން | އަދަދު

ތާރު އަޅައިގެން މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއަށްދާއިރު، އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދިއުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަމީނީ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދަން ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި އާރްޑީސީން މިހާރު އަންނަނީ އެ މަގުގައިވާ ގަސްތައް ނަގަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މައްސަލާގައި ފުރަތަމަ ފާހަގަ ކޮށްފައިވާ ކަމަކީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމެވެ. އަދި އެ ކަމަށް މާލޭގެ ގުދުރަތީ ވެށި ނުގެއްލޭނެ ގޮތަށް ކަންކަން ރާވަން ޖެހޭނެ ކަމަށެވެ.

އަމީނީ މަގުގެ ހެންވޭރު ކޮޅުގައި އުފެދިފައި ހުރި ބޮޑެތި ގަސްތައް މިހާރު ވެސް ކަނޑާލާފައިވާއިރު، ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވެސް ހަސަން ހުށަހަޅުއްވާފައިވާ މައްސަލާގައިވެ އެވެ.

އެ ގޮތުން އަމީނީ މަގުގެ ދެން ހުރި ހިސާބުތަކުގައި ތާރު އަޅަން ފަށާއިރު އެ ހިސާބުގެ ހުރި ގަސްތައް ކަނޑާލާނެތޯއާއި މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ކިހައި ގަހެއް ކަނޑާލަން ރާވާފައިވޭތޯ ސުވާލު އުފެދިފައިވާ ކަމަށް ހަސަން ވިދާޅުވެފައިވެ އެވެ.

"އަމީނީ މަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައް ވެސް ރަނގަޅު ފެންވަރަށް ހަދާއިރު ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކީން ހާއްސަކޮށް އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެ މަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މި މައްސަލަ ހުށަހަޅަމެވެ." ހަސަން މަޖިލީހަށް ހުށަހަޅުއްވާ މައްސަލައިގެ ލިޔުމުގައިވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ ކޮންސަލްޓެންޓުން ދިން ލަފައާ ޚިލާފަށް ކަމަށް، އެންވަޔަރަމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަމީނީ މަގުގެ ގަސްތައް ކަނޑައިގެން މަޝްރޫއު ކުރިއަށް ގެންދާ ނަމަ ފަރުދީ ހައިސިއްޔަތުން އެ މައްސަލަ ޝަރީއަތަށް ވެސް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުންފުނީގެ ދިފާއު

އެ ކަންބޮޑުވުންތަކާ ގުޅިގެން އާރްޑީސީން މީގެ ކުރިން ބުނީ އަމީނީ މަގު ހަދައި ނިމޭ އިރު އެމަގުގައި އަލުން ގަސް އިންދާނެ ކަމަށެެވެ.

"...މިހާރު އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެގަސްތައް ނެގުމަށް ފަހު މިހާރު ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރި އަށް އެ ގަސްތައް ބަދަލުކުރެވޭނެ އެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމޭ އިރު، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ އެވެ،" އާރްޑީސީގެ ބަޔާނުގައި ބުންޏެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.

"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox