ހަދިޔާ ކުރާނެ ކަމަށް ބުނި ދެ މިލިއަން ރުފިޔާ ރާއްޖެ ޓީވީއަށް އޮތީ މިދިޔަ އަހަރު ލިބިފަ

ރާއްޖެ ޓީވީގެ ވެރިޔާ ސަލީމް: ވިދާޅުވެފައި އޮތީ ފައިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާ ކުރާނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް -- ފޮޓޯ: މަޖިލިސް

ރާއްޖެ ޓީވީގެ ވެރިޔާ ސަލީމް: ވިދާޅުވެފައި އޮތީ ފައިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާ ކުރާނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް -- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ޓީވީއަށް ދައްކަންޖެހުނު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އަނބުރާ ލިބިއްޖެ ނަމަ އެ ފައިސާ ހަދިޔާ ކުރާނެ ކަމަށް ބުނެފައި އޮއްވައި، މިދިޔަ އަހަރު އެ ފައިސާ ރާއްޖެ ޓީވީއަށް ލިބިފައިވާކަން މިއަދު ހާމަވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ކުރިން ވިދާޅުވެފައި އޮތީ ދެ މިލިއަން ރުފިޔާ ބްރޯޑްކާސްޓިން ކޮމިޝަނުން އަނބުރާ ލިބިއްޖެ ނަމަ, އެ ފައިސާ އެއްކޮށް ހަދިޔާ ކުރައްވާނީ ދައުލަތުން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާއަށް ކަމަށެވެ.

"ރާއްޖެ ޓީވީ ނުހައްގުން ކުރި އެންމެ ބޮޑު ޖޫރިމަނާ، ދެ މިލިއަން ރުފިޔާއަކީ ބޭއިންސާފުން ކުރި ޖޫރިމަނާއެއް ކަމަށް މައްސަލަ ރިވިއު ކުރުމަށްފަހު މިއަދު ކޮމިޝަނުން ނިންމައިފި. ރާއްޖެ ޓީވީން މި ފައިސާ ބޭނުމެއް ނުކުރާނެ. މި [ފައިސާ] ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް. ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު، އެކަންވެއްޖެ،" ޑިސެމްބަރު 30، 2020 ގައި ސަލީމް ވިދާޅުވެފައިވެ އެވެ.

އެ ފައިސާ ރާއްޖެ ޓީވީއަށް އަނބުރާ ދީފައިވާ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އެވެ.

ޖޫރިމަނާގެ ފައިސާ އަނބުރާ ލިބިއްޖެ ނަމަ އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރާނެ ކަމަށް ރާއްޖެ ޓީވީން ބުނީ، ޖޫރިމަނާ ކުރި މައްސަލަ ރިވިއު ކުރުމަށް ހުށަހެޅުމަށްފަހު އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައް ރިވިއު ކުރާނެ އުސޫލެއް ކަނޑައެޅީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން ކޮމިޝަނަށް އައްޔަން ކުރި އާ މެމްބަރުންނެވެ.

ރާއްޖެ ޓީވީގެ އިސް ފަރާތްތަކަށް މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ޖަވާބު ނުދެއްވާތީ އެ ޗެނަލްގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ. ނަމަވެސް ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ މިހާތަނަށް އެ މަރުކަޒަށް ރާއްޖެ ޓީވީގެ ފަރާތުން ހަދިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ހަދިޔާ ކުރުމުގެ އުސޫލު އޮންނަ ގޮތަކީ ޖެންޑާ މިނިސްޓްރީއާ ހަދިޔާ ހަވާލު ކުރުމުން، މިނިސްޓްރީން ހިޔާއަށް އެ ހަދިޔާއެއް ހަވާލު ކުރުން ކަމަށެވެ.

ރާއްޖެ ޓީވީގެ ފަރާތުން ޑޮނޭޝަނެއް ލިބިފައިވޭތޯ ޖެންޑާ މިނިސްޓްރީގެ ފަރާތުން މިވަގުތު ސާފު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޔާމީންގެ ވެރިކަމުގައި ޖުމްލަ ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރި އެވެ. އެއީ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއަކާއި ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާއަކާއި އެއް މިލިއަން އަދި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.

ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ ރާއްޖޭގެ ގާނޫނާ ހިލާފް ކޮންޓެންޓު ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ އެވެ. އެއިރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވަމުންދިޔަ މުޒާހަރާތަކުގެ ތެރެއިން ރައީސް ޔާމީންގެ އަބުރަށް ހުތުރާ ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެ ވެސް ޖޫރިމަނާކޮށްފައިވެ އެވެ.

ޖޫރިމަނާގެ ގޮތުގައި އަތުލި ފައިސާގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަނުން އަނބުރާ ދިނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ އެވެ. އެއީ ޝަރީއަތަށް ހުށަނާޅައި އޮތް ހަމައެކަނި މައްސަލަ އެވެ. ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ބްރޯޑްކާސްޓިން ކޮމިޝަނުން ކުރީ ރަނގަޅަށް ނޫން ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ޑިސެމްބަރު، 2020 ގަ އެވެ. އެ ފައިސާ ރާއްޖެ ޓީވީއަށް، ފައިނޭންސް މިނިސްޓްރީން ދޫކުރީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox