ރާއްޖޭގެ އިގުތިސޯދުގައި ދައުރުވަމުންދާ 50ރ. ގެ ނޫޓު މަދުވެގެން އަލުން ޗާޕުކޮށްފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރި އިއުލާނެއްގައި ބުނީ 50ރ. ގެ ނޫޓު ޗާޕު ކޮށްގެން ގެނެސް ހަޒާނާގައި ރައްކާ ކޮށްފައިވާ ކަމަށެވެ.
ފައިސާގެ ނޫޓު ހަލާކުވުން ފަދަ އެކި ސަބަބުތަކާހުރެ، އިގުތިސޯދުގައި ދައުރުވާ ނޫޓު އަދި ވަކި ލާރި މަދުވުމުން، އަލުން ޗާޕުކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފަ އެވެ.













