ރައީސް ރަށްރަށަށް ގޮސް ވިދާޅުވާ ކަންކަން ކޮށްދެއްވާނެ، އެއީ ވައުދެއް: ސަރުކާރު

ރައީސް އިބްރާހިމް މުހައްމަދު ވޭވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ވޭވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަތަކަކީ ވައުދު ކަމަަށާއި އެކަންކަން ފުއްދަވާ ދެއްވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްޔިތުުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރެއްގެ ވައުދުތަކަކީ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ލިޔެފައި ހުންނަ ކަންތައްތައް ކަމަށެވެ. އަދި، ރަށްރަށަށް ވަޑައިގެން ކޮށްދެއްވަން ވިދާޅުވާ ވާހަކަތަކަކީ ވައުދު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ މިފަދަ ދަތުރުތަކުގައި ލިބޭ ހިޔާލާއި ޝަކުވާއަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ ކަމާ ގުޅުން ހުރި ބޭފުޅުުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ވިދާޅުވާ ވާހަކަތަކެއް ކަމަށެވެ.

"ކަމެއް ކޮށްދެއްވާނެކަމަށް، މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވާ ކަންކަން ކޮށްދެއްވާނެ، އަދި އެކަން ހިނގަމުންދޭތޯ ރައީސް ބައްލަވާނެ؛ މިކަމުގައި ކުޑަ ރަށެއް، ބޮޑު ރަށެއް އަދި ސިޔާސީ ފިކުރަކަށް ނުބައްލަވާނެ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މިކަންކަން ކޮށްދެއްވުމުގެ އިތުރަށް މެނިފެސްޓޯގައި ހުރި ކަންކަން ވެސް ތަންފީޒު ކުރާނެ ކަމަށެވެ.

"ހުރިހާ ވައުދުތަކަކީ މެނިފެސްޓޯގައި ހުރި ވާހަކަތަކަކަށް ނުވެދާނެ. މިސާލަކަށް ފެނާ ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމްކުރުން. މެނިފެސްޓޯގައި ނޯންނާނެ އެވާހަކަ. އެހެންނަމަވެސް އެއީ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގަކަށްވާތީ،" މިއުވާން ވިދާޅުވި އެވެ.

އެގޮތުން ރައީސް ވެވަޑައިގަންނަވާ ހުރިހާ ވައުދަކާއި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ތަރުޖަމާނު ދެއްވެވި އެވެ.

ސަރުކާރުން މިހެން ބުނިނަމަވެސް މީގެ ކުރިން މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުުހައްމަދު އަސްލަމް ވަނީ ރައީސް ވެވަޑައިގަންނަވާ ހުރިހާ ވައުދަކީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox