މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދަކަށް މަސް ބާނަން ފެށުމާއެކު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ގަންނަ އަގު ދަށްކޮށް، ދޯންޏަކުން ގަންނަ އަދަދު 12 ޓަނަށް ލިމިޓް ކޮށްފި އެވެ.
މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނު ވެސް ދަނީ ބާނަމުންނެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މާންދޫ ފިޝަރީޒް ކުންފުނިން މިއަދު ބުނީ މާދަމާ އިން ފެށިގެން އެ ކުންފުނިންވެސް މަސް ގަތުން ލިމިޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން ގަންނާނީ 12 ޓަނުގެ މަސް ކަމަށާއި މަސް ގަންނަ އަގު ވެސް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
titledesc

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ އިއްޔެއިން ފެށިގެން މަސްވެރިން ދަނީ ކުރަމުންނެވެ.
ނަމަވެސް މިފްކޯއިން އަދިވެސް ވަނީ ބާނާ ހުރިހާ މަހެއް ކިރަމުންނެވެ. އަދި މަސް ގަންނަ އަގަށްވެސް ބަދަލެއް ނުގެނެ އެވެ.













