އަސްކަރީ އެއްބަސްވުންތައް މުހިންމު ވަނީ ކުދި ގައުމުތަކުގެ ބޭނުންތައް ފުއްދަން: މިނިސްޓަރު

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ: އަސްކަރީ އެއްބަސްވުންތަކުގެ މުހިންމުކަމުގެ ވާހަކަ ދެއްކެވި -

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ: އަސްކަރީ އެއްބަސްވުންތަކުގެ މުހިންމުކަމުގެ ވާހަކަ ދެއްކެވި -

ގައުމުތައް ގުޅިގެން ނޫނީ ދިފާއީ ބާރު އިތުރުކުރެވެން ނެތް ޒަމާނެއްގައި، އަސްކަރީ އެއްބަސްވުންތަކުގެ މައިގަނޑު ބޭނުމަކަށް ވާން ވާނީ ކުދި ގައުމުތަކަށް އޭގެ ބޭނުން ފުއްދައިދިނުން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިންގެ އަހަރީ ބައްދަލުވުން ނުވަތަ އިންޑިއާ ޑިފެންސް ކޮންކްލޭވްގައި، ވީޑިއޯ މެދުވެރިކޮށް މާރިޔާ ދެއްވި ހިތޯބެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަަހައްދަކީ ހަމައެކަނި އެންމެ ބާރުގަދަ އަސްކަރިއްޔާ އޮތް ގައުމަށް ވެސް ބެލެހެއްޓޭ ވަރަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށެވެ.

ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަން އިތުރުވެފައިވާ ހާލަތުގައި، އިންޑިއާ ކަނޑުގެ އަމާންކަމާއި އިންޑިއާ ކަނޑުގައި ހިމެނޭ ކޮންމެ ގައުމެއްގެ އަމާންކަން ވެސް މުހިންމު ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެއިން އެއްވެސް ގައުމަކަށް އެކަނި އެ ގައުމެއްގެ ދިފާއު ބެލެހެއްޓޭން ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"މިއީ ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ މަރުކަޒު،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އަސްކަރީ އެއްބަސްވުންތަކެއް ގައުމުތަކުގެ މެދުގައި ގާއިމްކުރެވޭއިރު އެއީ ހަމައެކަނި ލިޔެކިޔުމުގައި އޮތް ފަލްސަފާއަކަށް އެކަނި ވެގެން ނުވާނެ ކަމަށެވެ. އަދި އަމަލީ ގޮތުން އެއްބަސްވުމުގައި އަމާޒުތައް ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ޑިފެންސް ކޯޕަރޭޝަންތަކުގެ އެންމެ މުހިންމު ކަމަކަށް އޮންނަން ވާނީ އަސްކަރީ ގޮތުން ބާރުގަދަ ގައުމުތަކުގެ އެހީގައި، ކޯޕަރޭޝްންގައި ބައިވެރިވާ ކުދި ގައުމުތަކުގެ އަސްކަރީ އަދި ދިފާއީ ބޭނުންތައް ފުއްދައިދިނުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ދެން ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމާއި، އިންޑިއާގެ އަސްކަރިއްޔާއިން ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، އިންޑިއާގެ އަސްކަރީ އެހީ ހޯދަން ރައީސް ސޯލިހް ގެންގުޅުއްވާ ސިޔާސަތުގެ ބޭނުމަކީ ޓެރަރިޒަމާއި މަސްތުވާތަކެއްޗާއި ކަނޑުފޭރުން ފަދަ ކަންކަމުން ސަލާމަތްކޮށްދެވޭ ވަރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox