ކޮމިޓީއަށް ގަޑިއަށް ނާދެވުނީ މައްސަރު ކަންތައް ދިމާވުމުން: ނަހުލާ

މިއަދުގެ ކޮމިޓީގައި މިނިސްޓަރު ނަހުލާ؛ ކޮމިޓީ ޖަލްސާއަށް ހާޒިރުނުވެވުނު ސަބަބު ވަނީ ސާފުކޮށްދެއްވާފައި-- ފޮޓޯ: މަޖިލިސް

މިއަދުގެ ކޮމިޓީގައި މިނިސްޓަރު ނަހުލާ؛ ކޮމިޓީ ޖަލްސާއަށް ހާޒިރުނުވެވުނު ސަބަބު ވަނީ ސާފުކޮށްދެއްވާފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން މިދިޔަ ބުދަ ދުވަހު ތާވަލްކުރި ޖަލްސާއަށް ހާޒިރުވުން ލަސްވީ މައްސަރު ކަންތައް ދިމާވުމުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ ދުވަހުގެ ޖަލްސާއަށް ނަހުލާ ހާޒިރުވުން ލަސްވުމުން ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެ، އެކަމުގެ ސަބަބުން މެދުކަނޑާލާފަ އެވެ. އެ މައްސަލައިގައި، މިއަދުގެ ކޮމިޓީއަށް ހާޒިރުވެ، ކޮމެޓީ ނިންމާލި ވަގުތު ނަހުލާ ވިދާޅުވީ ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެ ވާހަކަ މަޖިލީހަށް ބުދަ ދުވަހު އެންގި ކަމަށެވެ. އަދި، ހާޒިރުވާން ލަސްވީތީ ނަހުލާ ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

"އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށް ވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން،" ނަހުލާ ވިދާޅުވި އެވެ.

މިކަން މިގޮތަށް ހިއްސާކުރަން ޖެހުނީ ކޮމޓީ ތެރޭގައި އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ކޮމެޓީއަށް ގަޑިއަށް ވަޑައިނުގަތުމުން ބުދަ ދުވަހުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ހާޒިރުކުރުމުގެ އަމުރެއް ނެރެގެން ނަމަވެސް ނަހުލާ ކޮމެޓީއަށް ހާޒިރު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވާން ދަންނަވާފައި ވަނީ، ކޮމިޓީގެ އިއްޒަތްތެރި މެންބަރުން ވިދާޅުވީ މިނިސްޓަރު ވަޑައިނުގެންނެވީ ކަމަށް ބަލާފައި ކެންސަލް ކޮށްލަން، ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް،" މިނިސްޓަރު ވަޑައިގަންނަވާތޯ މަޑުކުރުމަށް ފަހު، ޖަލްސާ ކެންސަލް ކޮށްލައްވަމުން ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެ ދުވަހު ވިދާޅުވި އެވެ.

މިނިސްޓްރީގެ ބޭފުޅުން އެއިރު ބުނީ މިނިސްޓަރު ހާޒިރުވުން ލަސްވީ ކުއްލި ކަމެއް ދިމާވުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox