އާރްޓީއެލްއަށް ބޭނުންވާ 65 ފެރީ ބަންނަން އެމްޓީސީސީން އަލްޝާލީއާ ހަވާލުކޮށްފި

މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) އަށް ބޭނުންވާ 65 ފެރީ ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނޓީ (އެމްޓީސީސީ) އިން އަލްޝާލީ މެރިންއާ ހަވާލުކޮށްފި އެވެ. 

މި 65 ފެރީއަކީ އާރްޓީއެލް ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެރީތަކެވެ. މި ފެރީތައް ބަނުމަށް އަލްޝާލީއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި، އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީ އެވެ.

މި މަޝްރޫއަކީ 567 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.

ފަންސާސް މީހުންގެ ޖާގައިގެ އެއާ ކޮންޑިޝަން މި ފެރީތައް ބަނުމުގައި އިސްކަން ދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަކަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ ފެރީގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ވަނީ ހިތްފަސޭހަ ދަތުރުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ.

އަދި، މިއަދު ސޮއިކޮށް، ބަނުމަށް ހަވާލުކުރީ ބާކީ17 އަތޮޅަށް ހިދުމަތް ދިނުމަށް ބޭނުންވާ ފެރީ އެވެ. 

މި އަތޮޅުތަކަށް ހިދުމަތް ދޭން ފެށުމުން މުޅި ރާއްޖެ ކަންޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެ އެވެ. 

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްއިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީނެޓްވޯކުން ގުޅާލާނެ އެވެ. 

އެކި ޒޯންތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކުގައި މީހުން އުފުލާ ފެރީތަކުގެ އިތުރުން ކާގޯ ފެރީ ވެސް ހުރެ އެވެ. މި ޒަމާނީ ފެންވަރުގެ ފެރީތަކަކީ ބާރު ދުވެލީގައި ދަތުރުކުރާ، ފަސިންޖަރުން ބޭނުންވާ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox