މިނިސްޓަރު ނަހުލާ ގަޑި ޖެހުމުން، ހާޒިރުކުރަން އަމުރު ނެރޭ ހިސާބަށް ކޮމިޓީ ހޫނުވެއްޖެ

މިނިސްޓަރު އައިޝަތު ނަހުލާ؛ އެކަމަނާ ޖަލްސާއަށް ހާޒިރުވާން ލަސްވުމުން ކޮމިޓީ ވަނީ ހޫނުވެފައި-- ފޮޓޯ: އަބޯ/ އަދަދު

މިނިސްޓަރު އައިޝަތު ނަހުލާ؛ އެކަމަނާ ޖަލްސާއަށް ހާޒިރުވާން ލަސްވުމުން ކޮމިޓީ ވަނީ ހޫނުވެފައި-- ފޮޓޯ: އަބޯ/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުވުން ލަސްވުމުން، "އަމުރު ނެރެގެން ވިޔަސް" މިނިސްޓަރު ހާޒިރު ކުރަން ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު އިއްވުމެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވާން ދަންނަވާފައި ވަނީ، ކޮމިޓީގެ އިއްޒަތްތެރި މެންބަރުން ވިދާޅުވީ މިނިސްޓަރު ވަޑައިނުގެންނެވީ ކަމަށް ބަލާފައި ކެންސަލް ކޮށްލަން، ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް،" މިނިސްޓަރު ވަޑައިގަންނަވާތޯ މަޑުކުރުމަށް ފަހު، ޖަލްސާ ކެންސަލް ކޮށްލައްވަމުން ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ވިދާޅުވި ގޮތުގައި ކޮމިޓީން އަންގާފައިވާނީ މިނިސްޓަރު ހާޒިރުވުމަށް ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ދެ ދުވަހެއްގެ މަތިން ވެސް ފޮނުވާފައިވަނީ މިނިސްޓްރީގެ އެހެން ބޭފުޅުންނެވެ.

"މިނިސްޓްރީގެ ބޭފުޅުން މިއަދު ވެސް ވަޑައިގެންނެވީ، މިނިސްޓަރު ވެސް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އެ ބޭފުޅުން ވިދާޅުވި، އެހެންނަމަވެސް 11 ޖެހިއިރު ކޮމިޓީ ފަށައިގެން 11:15 ވީއިރު ވެސް ވަޑައިނުގަނެވުނު މިނިސްޓަރަށް،" އެ މެންބަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްގަނީ "އަދަދު" އަށް ވިދާޅުވީ މިނިސްޓަރު ހާޒިރުވުން ލަސްވީ ކުއްލި ކަމެއް ދިމާވުމުން ކަމަށާއި އެކަން މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.

"މަޖިލީހުގެ އިދާރީ ބޭފުޅުންނަށް ވެސް އިންފޯމް ކުރިން 11:03 ވީއިރު، އެންގިން ލަސްވާނޭ ފައިވް މިނަޓްސް ވަރު، އެ ހިސާބަށް ގޮސް އެތާ ތިރީގައި ހުއްޓާ [ޖަލްސާ ނިންމާލީ]، ތިރިއަށް އެސްކޯޓު ކުރާކަށް ވެސް ބޭފުޅަކު ނުދޭ، ދިޔައިރު ގޭޓު ވެސް ލައްޕާފައި ހުރީ،" ހަމަދު ވިދާޅުވި އެވެ.

ހަމަދު ވިދާޅުވި ގޮތުގައި މިނިސްޓަރަށް ވަޑައިގެންނެވުނީ 11:09 ވީއިރު އެވެ. އެހެންނަމަވެސް ގޭޓު ހުޅުވުން ލަސްވެ އެތެރެއަށް ވަޑައިގެންނެވުނުއިރު 11:14 ވެއްޖެ އެވެ.

"ހާޒިރުވެވަޑައިނުގެންނެވީކީ ނޫން، އިންފޯމްކޮށްފައި އޮއްވާ ކެންސަލް ކުރުމަކީ އަޅުގަނޑަށް ހީވަނީ ޒާތީ ކަމެއްހެން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ދެން މި ކޮމިޓީގެ ކެންސަލް ކުރި ޖަލްސާ އޮންނާނީ އަންގާރަ ދުވަހު އެވެ. މި ޖަލްސާއަށް ހާޒިރުވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވައި ހާޒިރުވުމަށް މިނިސްޓަރު ނަހުލާއަށް އަމުރު ފޮނުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox