މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ރަނގަޅީ މަޝްވަރާކުރަން ގާސިމްގެ ބިލު އަނބުރާ ގެންދިއުން!

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މީޑިއާ ބްރީފިން އެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުގެންނަން ގާސިމް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް މަޝްވަރާކުރަން ޖެހޭކަމަށް. ފޮޓޯ:ހުސައިން ވަހީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މީޑިއާ ބްރީފިން އެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުގެންނަން ގާސިމް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް މަޝްވަރާކުރަން ޖެހޭކަމަށް. ފޮޓޯ:ހުސައިން ވަހީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހެއްޓުމަށް ޓަކައި ގާނޫނު އަސާސީއަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް، ޕާޓީތަކާ މަޝްވަރާކުރަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފި އެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެންނަން ގާސިމް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާ ބަހުސްގައި އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން ފަދަ ބޮޑު ބަދަލެއް އަންނަ އިރު ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސްއޫލިއްޔަތު އޮތީ މަޖިލީހަށް ކަމަށް ވިޔަސް، އެކަމުގައި ސިޔާސީ އެހެން ފަރާތްތަކާ ވެސް މަޝްވަރާކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ކަމުން އަޅުގަނޑު އެދެނީ މި ބިލާ ދޭތެރޭގައި އިތުރަށް ވިސްނައި، އިތުރަށް މަޝްވަރާކުރެއްވުމަށް އިއްޒަތްތެރި މެމްބަރު މި ބިލު އަނބުރާ ގެންދެވުމަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރުވާ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިތުރުވާ ގޮތަށް [މިހާރު އޮތް ގޮތަށްް] ގާނޫނު އަސާސީގައި ކަނޑައެޅީ އާބާދީ ބޮޑު ތަންތަން، މަޖިލީހުގައި ތަމްސީލުވާ ވަރު ކުޑަކަމަށް ފެނިގެން ކަމަށެވެ.

"މާލޭގައި ވެސް ދެ މެމްބަރުން އައްޑޫގައި ވެސް ދެ މެމްބަރުން، މި ދެންނެވިހެން ބައެއް ކުދިކުދި އަތޮޅުގައި, އެއްހާސް ދެހާސް ހަމަނުވާ އަތޮޅު ތަކަށް ވެސް ދެ މެމްބަރުން، އެހެންވީމާ އެއީ އިންސާފެއް ނޫން ކަމަށް އެ މަޖިލީހަށް ފެނިގެން [މިހާރު އޮތް ގޮތަށް ކަނޑައެޅީ]،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން އޭނާ ދެކޮޅެއް ނޫނެވެ.

އެކަމަކު މިހާރު މެމްބަރުން ތިއްބެވި އަދަދު ކަމަށްވާ 87 އެެއީ ކިހިނެތް އައި އަދަދެއްކަން ވިސްނައިލަން ޖެހޭ ކަމަށާއި އެއީ އަދަދެއް ކަަމަށް ބަލައި އިދާރީ ދާއިރާތަކަށް އެެ އަދަދު ބަހާލީމާ ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމުގައި ވިސްނަން ޖެހޭ އެހެން ގިނަ ކަންތައްތައް އެބަހުރި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox