ޓީ20 ޕްރިމިއާ ލީގު: ފުރިހަމަ ރެކޯޑަކާ އެކު މާލެ ވެޓެރަންސް އެއް ވަނައިގައި

Sep 11, 2022, 8:25 AM
ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ މައިލޯ ޓީ20 ޕްރިމިއާ ލީގު، ކްރިކެޓް މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، މާލެ ވެޓަރަންސް އިން އެއް ވަަނައިގައި މަގާމު ދަމަހައްޓައިފި އެވެ.

ދިހަ ޓީމު ވާދަކުރާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަކީ މާލެ ވެޓަރަންސް އެވެ. އެ ޓީމުން އެންމެ ފުރަތަމަ ދެ މެޗުން މޮޅުވީ ކޯމެޓްސް ކްރިކެޓް ކްލަބާއި އޮއްފު އެފްސީ އަތުންނެވެ. އިއްޔެ ކުޅުނު މެޗުން ވިޔަންސާ އަތުން މޮޅުވީ ތިން ވިކެޓުންނެވެ.

ކުޅިވަރު އެކުވެނި ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މާލެ ވެޓަރަންސް އިން ނިންމީ ފީލްޑް ކުރުމަށެވެ. ވިޔަންސާ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭ 10 ވިކެޓަށް ހެދުނީ 114 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ލަނޑު ހެދި ވިޔަންސާގެ މުހައްމަދު ބާބުލް ހުސައިން އެވެ. އެ ޓީމުގެ ސައީދުލް އިސްލާމް ވެސް ވަނީ 17 ލަނޑު އެއްކޮށްފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، މާލެ ވެޓަރަންސް އިން ވަނީ 18.2 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 117 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ. މާލެ ވެޓަރަންސަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ލަނޑު ހެދި، ލަންކާ ކުޅުންތެރިޔާ، ޖަނަކަ މަލިންގާ ވެޑަގޭ އެވެ.

ހުކުރު ދުވަހު ކުޅުނު މެޗުން 89 ލަނޑުން މާލެ ސްޕޯޓްސް ކްލަބް ބަލިކޮށް ސީބީއެލް ސްޕޯޓްސް ދެ ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ހުކުރު ދުވަހު ކުޅުނު އަނެއް މެޗުން ނިއުސްޓާގެ މައްޗަށް 95 ލަނޑުން ކުރި ހޯދި މިލާން ކްރިކެޓް އެކެޑަމީ ތިން ވަނައިގައި އޮތްއިރު އެ ޓީމު ވެސް ވަނީ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުން ކޯމެޓްސްގެ މައްޗަށް އަށް ވިކެޓުން ކުރިހޯދައި އައިޒީ ވަނީ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox