މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ބަލަހައްޓަން ފަށައިފި

މާލޭގެ ދެކުނު ބަނދަރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފެންނަ މަންޒަރު ސްކްރީނަކުން ބަލަނީ. ސިޓީ ކައުންސިލުން ބުނީ 24 ގަޑި އިރު އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް.

މާލޭގެ ދެކުނު ބަނދަރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފެންނަ މަންޒަރު ސްކްރީނަކުން ބަލަނީ. ސިޓީ ކައުންސިލުން ބުނީ 24 ގަޑި އިރު އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް.

ސީސީޓީވީ ކެމެރާ ހަރުކޮށް، މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގައި، މާލޭގެ ދެކުނު ބަނދަރުގައި ކެމެރާ ހަރުކޮށް ބަލަހައްޓަން ފަށައިފި އެވެ.

ދެކުނު ބަނދަރުގައި ކެމެރާ ހަރުކޮށް 24 ގަޑި އިރު ބަލަހައްޓަން ފެށުމާއި އެ ސަރަަހައްދުން އުޅަނދު ފަހަރަށް ބޯފެން ދޫކުރަން ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްްޔާތުގަައި މާލޭގެ މޭޔަރު ޑރ. މުހައްމަރު މުއިއްޒު ވިދާޅުވީ އެ ސަރައްދުގެ ސަލާމަތީ ކަންތައްތައް ހަރުދަނާކޮށްދިނުމަކީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ކުރިއްސުރެ އެދެމުން އައި ކަމެއް ކަމަށެވެ. އެހެން ދިމާލަކަށް ނުގޮސް އެ ސަރަހައްދުން ބޯފެން ލިބޭ ގޮތް ހަދައިދޭން ވެސް މީހުން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ދެކުނު ބަނދަރަކީ ގިނަ މަސްވެރިކަަމަށް ބޭނުންކުރާ ލޯންޗްތައް ހިމެނޭ ގޮތުން ގިނަ އަދަދެެއްގެ ލޯންޗްފަހަރު އަޅާ ސަރަަހައްދެކެވެ. އެ ބަނދަރުގައި އަޅާފައި ހުންނަ ލޯންޗްފަހަރުން ވައްކަން ކުރާތީ ލޯންޗްފަހަރުގެ ވެރިން އަބަދުވެސް ޝަކުވާ ކުރެ އެވެ.

"އިރާދަކުރެއްވިއްޔާ މިއަދު މިވަނީ މުޅި މި ސަރަހައްދު، މިހިސާބުން [ކަޅުތުއްކަލާ ކޮށްޓާ ވީ ކޮޅުން ދެކުނު ބަނދަރުގެ ނެރާ ދި،މާލުން ފެށިގެން] ފެށިގެން ގޮސް، ޓްރެކާ ހަމައަށް ، މުޅި މި ސަރަހައްދުގައި އަޅުގަނޑުމެން 15 ކެމެރާ, 24 ގަޑިއިރު އޮޕަރޭޓްކުރާ ގޮތަށް 15 ކެމެރާ، ސީސީޓީވީ ކެމެރާ ހަރުކޮށް، އަޅުގަނޑުމެންގެ މާލޭ ސިޓީ ސީސީޓީވީ ނިޒާމުން ކަވަކުރުމަށް ގާއިމްކުރެވުނު ހެޑްކުއާޓަރުގައި ، އެތަނުގައި ހުންނަ ޓީވީތަކުން 24 ގަޑިއިރު މޮނިޓާ ކުރެވޭ ގޮތަށް ހަދައި[ފައި މިވަނީ]،" އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެކުނު ބަނދަރުން، އުޅަނދުފަހަރަށް ފެން ވިއްކުމަށް ޓަކައި ހަދާފައިވާ ކިއޮސްކްތަކުން ހިދުމަތް ދޭނެ ގޮތުގެ ތަފްސީލު ސިޓީކައުންސިލުން މިއަދު އާއްމުކުރާނެ އެވެ.

މާލޭ ސިޓީ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގައި ސިޓީކައުންސިލުން މީގެ ކުރިން ވަނީ މިސްކިތްތަކުގައި ކެމެރާ ހަރުކޮށް، ބަލަހައްޓަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox