މާލޭގެ ކުނި ނެގުމުގެ ހިދުމަތް ސިޓީ ކައުންސިލުން ދޭން ފާސްކޮށްފި

މާލޭގެ ކުނި އުކާލުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގެ ކުނި އުކާލުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލެ ސަރަހައްދުގެ ކުނި ނެގުމަށް ޓަކައި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާ ނުކޮށް، އެ ހިދުމަތް ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއާ އެކު މިދިޔަ ދައުރުގެ ކައުންސިލުން ތިން އަހަރު ދުވަހަށް ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ.

އެއަށް ފަހު އެ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް އެއްބަސްވުން ދަމަހައްޓައިފިނަމަ އަދި އުވާލައިފިނަމަ ލިބޭނެ ފައިދާތައް ކިޔައިދެއްވާފަ އެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުން ވެސް ވެމްކޯއާ ހަވާލުކޮށްފައި އޮތް ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

އަދި، ވެމްކޯއިން މިހާރު މުވައްޒަފުންނަށް ދެމުން އަންނަ މުސާރައަށް ވުރެ ބޮޑު މުސާރައެއް ދީގެން ސިޓީ ކައުންސިލަށް ކުޑަ ހަރަދަކުން އެކަން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެމްކޯއިން އެބަ ހަރަދުކުރޭ 17.28 މިލިއަން މުވައްޒަފުންގެ ހަރަދަށް [އަހަރެއްގެ މައްޗަށް]، އަދި އަޅުގަނޑުމެން އެކަން ކުރާ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް މާ އަގުހެޔޮ އެބަ ކުރެވޭ އެއީ 12 މިލިއަނަށް އެކަން ނިންމޭނެ،" މުޖުތަބާ ވިދާޅުވި އެވެ.

ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ސިޓީ ކައުންސިލުން އެކަމާ ހަވާލުވުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ. ނަރީޝްގެ ހުށަހެޅުން ފާސްކުރީ ކައުންސިލްގެ 12 މެމްބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

މި މައްސަލައިގައި ވެމްކޯއާ އެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހެޅުއްވުން ފާސްވެފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox