އުރުނު ދަގަނޑު ޕްލެޓްފޯމުން ވިލިމާލޭ ފަރުގައި 10 ފޫޓުގެ ފުން ވަޅުގަނޑުތަކެއް

Sep 8, 2022, 2:44 AM
ޕްލެޓްފޯމުން ވިލިމާލެ ފަރުގައި އުފެދިފައިވާ ފުން ވަޅުގަނޑުތައް -- ފޮޓޯ: އީޕީއޭ

ޕްލެޓްފޯމުން ވިލިމާލެ ފަރުގައި އުފެދިފައިވާ ފުން ވަޅުގަނޑުތައް -- ފޮޓޯ: އީޕީއޭ

ފޮޓޯތަކަށް ރަނގަޅަށް ބަލާލާށެވެ.

ހަގީގަތަކީ މިއެވެ؛ އެއީ ވިލިމާލޭ ފަރެވެ. އެ ފެންނަނީ ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި އިންޑިއާގެ އެފްކޮން ކުންފުނިން ބޭނުންކުރާ ސެލްފް އެލެވޭޓިން ޕްލެޓްފޯމެއް އުރުމުން، އެ ފަރަށް ލިބުނު ގެއްލުމާއި އުފެދިފައިވާ 10 ފޫޓުގެ ފުން ވަޅުގަނޑުތަކެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރާ ޕްލެޓްފޯމު އުރުމުން ފަރަށް ލިބުނު ގެއްލުން ސާވޭކޮށް އިއްޔެ ނިންމާފައިވާ ކަމަށެވެ.

Advertisement

ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތައް އީޕީއޭއިން އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ. އޭގެތެރެއިން ފުން ވަޅުގަނޑެއްގެ ތެރޭގައި ފެންނަން އެ އޮތީ އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމް އެވެ.

"ލިބިފައި ހުރި ގެއްލުންތައް ހުރީ ވަރަށް ފުންކޮށް. ފުން ހަތަރު ވަޅުގަނޑު އެބަހުރި. އޭގެ ތެރެއިން އެއް ވަޅުގަނޑަށް އެއްޗެހި އެޅި ހުރީ ބެދެން ގާތްވެފައި. ބައެއް ވަޅުގަނޑުތަކުގެ ފުން މިނުގައި 10 ފޫޓު އެބަ ހުރި،" ނައީމު ވިދާޅުވި އެވެ.

ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރިފައި. -- ފޮޓޯ: އަދަދު
ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރިފައި. -- ފޮޓޯ: އަދަދު

ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރިފައި. -- ފޮޓޯ: އަދަދު

އުރުނު ދަގަނޑު ޕްލެޓްފޯމް ފުން ކުރެވުނީ 12 ދުވަސް ފަހުން، އޯގަސްޓް 27 ވަނަ ދުވަހު އެވެ.

ޕްލެޓްފޯމު އުރިފައި ހުރިއިރު ރާޅުގެ ބާރުގައި ދެފަރާތަށް ތެޅުވުމުގެ ސަބަބުން، އޭގައި ހަރުކޮށްފައި ހުރި ގަދަނޑު ހޮޅިތައް ބިންދައިގެން ގޮސް ވެއްޓުނެވެ. ޕްލެޓުފޯމް ފުންކުރި ނަމަވެސް، އެ ހޮޅިތަކާއި ޕްލެޓުފޯމުން މޫދަށް އެޅުނު ތަކެތި ނަގައި ފަރު ސާފުކޮށް ނިންމީ މި މަހުގެ 4 ގަ އެވެ.

"ފަރުގައި އުފެދިފައިވާ ފުން ވަޅުގަނޑުތަކަކީ ޕްލެޓްފޯމުގެ ފައިކަށިތަކުން ޖެހިޖެހި ލިބިފައިވާ ގެއްލުން،" ނައީމު ވިދާޅުވި އެވެ.

އޭގެ އިތުރަށް ވެސް ފަރުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ފަރަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox