މާލެއަށް ހިޖުރަކުރުން ނުހުއްޓެނީ ރަށްރަށުގައި މުނިފޫހިނުފިލުވޭތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ މާލެ ބަދަލުވާ އެންމެ ބޮޑު ސަބަބަކީ މުނިފޫހިފިލުވުން ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ މާލެ ބަދަލުވާ އެންމެ ބޮޑު ސަބަބަކީ މުނިފޫހިފިލުވުން ކަމަށް -- ފޮޓޯ: މަޖިލިސް

ރަށްރަށުން މާލެއަށް ހިޖުރަ ކުރުން މިހާރު ނުހުއްޓިގެން އުޅޭ މައިގަނޑު ސަބަބަކީ ރަށުގައި މުނިފޫހިފިލުވުމަށް ކުރާނޭ ކަމެއް ނެތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާން ހުށަހެޅުއްވި މާލެ އާއި ރަށްރަށުގެ ކަރަންޓު ހިދުމަތް ބިލް ކުރުމުގައި ގެންގުޅޭ ތަފާތުތައް ނައްތާލުމަށް ހުށަހެޅި ގަރާރުގެ ބަހުސްގެ ތެރެއިން ނަޝީދު ވަނީ "މާލެ-ރާއްޖެތެރެ" ބަހުސް އަށް ވަދެވަޑައިގެން އެމަނިކުފާނުގެ ހިޔާލު ހިއްސާ ކުރައްވައިފަ އެވެ.

"ރަށްރަށުން [މާލެއަށް] މިހާރު ހިޖުރާކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލުގެ މާ ބޮޑަށް ޝައުގުވެރިވާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލުގެ ދިވެހިން ޝައުގުވެރިނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުން ރަށުގެ ސައިޒަށް ބެލުމެއް ނެތި، ހުރިހާ ރަށަކަށް ވެސް އާންމު ހިދުމަތްތައް ފޯރުކޮށްދެމުން ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިކަން މިގޮތަށް އޮތް އިރު ވެސް ހިޖުރަ ކުރާ މީހުންގެ އަދަދަށް ބަދަލު ނައުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖޭގެ ރަށްރަށުން އެންމެ ގިނަ ބަޔަކު މާލެއަށް ހިޖުރަ ކުރަނީ ތައުލީމު ހޯދުމަށް ކަމަށް ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭގެ (ހަޔަސް) 2019ގެ ރިޕޯޓުން ދައްކަ އެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ އާބާދީގެ 48 ޕަސެންޓު މީހުންނަކީ ހިޖުރަ ކޮށްފައިވާ މީހުންނެވެ. މީގެ ތެރެއިން 34 ޕަސެންޓު މީހުން ތައުލީމު ހޯދުމަށް ހިޖުރަކުރިއިރު، 22 ޕަސެންޓު މީހުން ހިޖުރަކޮށްފައިވަނީ އާއިލާއާއެކުގަ އެވެ. އަދި، 12 ޕަސެންޓު މީހުން މާލެ ހިޖުރަ ކުރަނީ ވަޒީފާ ހޯދުމަށެވެ.

ތައުލީމު ހޯދުމަށް ހިޖުރަކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިޖުރަ ކޮށްފައިވަނީ މަތީ ތައުލީމު ހޯދުމަށް ކަމަށް ވެސް ހަޔަސްގެ ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox