ރެޕިސްކޭންގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރާއެކު ރީޖަނަލް އެއާޕޯޓްސްގެ ކޮމްޕެނީ (އާރްއޭސީއެލް)ގެ އެއާޕޯޓުތައް ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ސްޓޭންޑަޑަށް ފައްތައިފި އެވެ.
ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމުގެ ސިޔާސަތާ އެއްގޮތަށް ޑިފެންސް މިނިސްޓްރީގެ ޑާސާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރީޖަނަލް އެއާޕޯޓުން ހިންގަމުން އަންނަ ހަތަރު އެއާޕޯޓެއްގައި މެޝިންތައް ބަހައްޓާ، ބޭނުން ކުރަން ވަނީ ފަށާފަ އެވެ. އަލަށް މެޝިންތައް ބެހެއްޓީ، ކުޅުދުއްފުށީ އެއާޕޯޓު، ފުނަދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުގެ އިތުރުން މާވަރުލު އެއާޕޯޓުގަ އެވެ.
"އަލަށް ބެހެއްޓި މެޝިންތަކާއެކު އާރްސީއެލުން ހިންގަމުން އަނަން ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ ޑާސާއިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިން ޓެކްނޮލޮޖީ" ލިސްޓުގައި ހިމެމެނޭ އެކްސްރޭ މެޝިންތަކެވެ." އާރްސީއެލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އާރްސީއެލުން ބުނީ އެ ކުންފުނިން ހަތަރު އެއާޕޯޓުގައި ބެހެއްޓި މެޝިންތަކަކީ ވެސް ރެޕިސްކޭން ބްރޭންޑުގެ މެޝިންތަކެއް ކަމަށެވެ. އަދި އެ ބްރޭންޑުގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރަކީ ވެސް އާރްސީއެލް ކަމަށެވެ. އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވަ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާރްސީއެލުން އިތުރަށް ބުނީ އެއާޕޯޓުގެ ސްކްރީން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ އެ ކުންފުންޏާއި ރައްޔިތުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އުފުލަމުން އައި ތަކުލީފުތަކަށް ނިމުން އައިސް، ދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.














