މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް (ސީއެފްޕީއެސް)އަށް ކުޑަކުދިންްނާ ގުޅުންހުރި 184 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ސީއެފްޕީއެސްއިން މިއަދު އަންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުދިން ނުބެލިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން، އެ ބާވަތުގެ ޖުމްލަ 83 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ 43 ފިރިހެން ކުދިންނާއި 40 އަންހެން ކުދިންނެވެ.
ދެން އެންމެ ގިނައިން ހުށަހަޅަފައި ވަނީ ހަޟާނާތުގެ މައްސަލަ އެވެ. އެބާވަތުގެ 71 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީީ 36 ފިރިހެން ކުދިންނާއި 35 އަންހެން ކުދިންނެވެ. މީގެ އިތުރުން ވެސް ދަރިންގެ ހަރަދު ނުލިބުމުގެ 13 މައްސަލަ އާއި ކުދިންނާ ބައްދަލުކުރުމުގައި ޖެހުނު 17 މައްސަލައެއް ސީއެފްޕީއެސްއަށް ހުށަހަޅާފައި ވެއެވެ.
ދަރިންގެ ހަރަދު ނުދީގެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ. އަދި ކުދިންނާ ބައްދަލުކުރުމުގައި ޖެހުނު މައްސަލަތަކުގައި ހިމެނެނީ އަށް ފިރިހެން ކުދިންނާއި ނުވަ އަންހެން ކުދިންނެވެ.












