ހުލާސާކޮށް އިއްޔެ: ދީނީ ހިލާފުތަކާ މެދު އަމަލު ކުރާނެ ސިޔާސަތެއް އެކުލަވާލަން ނިންމުން

Aug 31, 2022, 1:39 AM
ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތައް ބެލުމަށް އެކުލަވާލި ވަޒީރުންގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތަށް ދީނީ ހިލާފުތަކާ މެދު އަމަލު ކުރާނެ ސިޔާސަތެއް އެކުލަވާލަން ނިންމީ އިއްޔެ އެވެ.

ރައީސް އޮފީހުން ބުނީ ސަބް ކޮމިޓީގެ ރިޕޯޓްގައި ހިމެނޭ ކަންކަން އަދި އޭގައިވާ ހުށަހެޅުންތަކާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

ސަބް ކޮމެޓީގެ އެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހިމަނާފައިވެ އެވެ. އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި، ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލު ކުރާނެ ސިޔާސަތު އެކުލަވައިލުން ހިމެނެ އެވެ.

އަދި ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތާއި، އިވެންޓްތައް ރާވައި އިންތިޒާމު ކުރުމުގެ ކަންކަން ހިމެނެ އެވެ.

މީގެ އިތުރަށް އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަތުން ވެސް ހުށަހެޅުންތަކުގެ ތެރޭގައިވެ އެވެ.

ވަޒީރުންގެ ސަބް ކޮމިޓީ

  • އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
  • ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
  • އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
  • ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން

ބައެއް މުހިންމު ހަބަރުތައް

  • މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން, ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިއްޔެ ފެށި އެވެ.
  • ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނި ފުނިޖަހައި، ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ބޭނުން ނުކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ އިލްތިމާސްކުރި އެވެ.
  • މާލެ މަސް މާރުކޭޓުގެ މަތީ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ އެ ތަން ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމި އެވެ.
  • ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ޗުއްޓީއަށް ވަޑައިގެންނެވުމުން ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ ތާވަލަށް ބުރޫއަރައިފި ކަން އިއްޔެ ރިޕޯޓްކުރި އެވެ.
  • ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމުން, އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅި އެވެ.
  • ކަނޑުމަހުގެ މަސްވެރިކަމުގައި ވިޔަފާރީގެ އުސޫލުން ހަރަކާތްތެރިވާ އުޅަނދުފަހަރާއި ކަނޑު މަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވައިދު އެކުލިކަން އިއްޔެ ރިޕޯޓުކުރި އެވެ.
  • ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަންކަން ބަޔާންކޮށް، އެ ކަމަށް އަދަބު ކަނޑައެޅުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ތާއީދުކުރި އެވެ.
  • ދުނިޔޭގައި ވެސް ފުރަތަަމަ ފަހަރަށް ހުސް އަންހެނުން އެކުލެވޭ އެކުއަނޯޓުގެ ޓީމާއެކު މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކަމަށް އިއްޔެ ރިޕޯޓްކުރި އެވެ.
  • ގިނަ ފިލްމްތަކެއްގެ މުހިންމު ރޯލްތަކެއް އަދާކޮށްފައިވާ ފައުޒިއްޔާ ހަސަން ނިޔާވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މާލޭގެ އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވީ:

އަދުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކުރެއްވި މި މުހިންމު މަޝްރޫއާއެކު އަޅުގަނޑުމެން މި ފަށަނީ ބޮޑު ގޮންޖެހުމާއި އެ ނުތަނަވަސް ޝަކުވާތަކަށް ނިންމުން ގެނެސްދޭން،"

ދުވަހުގެ ފޮޓޯ

ބުރާއި ޓީނޭޖް ކުޅުނު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ 87 ވަނަ މިނިޓްގައި ރެފްރީގެ ނިންމުންތަކާ ހެދި ޓީނޭޖުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައި ދަނޑަށް އެރުމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ބުރާއި ޓީނޭޖް ކުޅުނު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ 87 ވަނަ މިނިޓްގައި ރެފްރީގެ ނިންމުންތަކާ ހެދި ޓީނޭޖުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައި ދަނޑަށް އެރުމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބުރާއި ޓީނޭޖް ކުޅުނު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ 87 ވަނަ މިނިޓްގައި ރެފްރީގެ ނިންމުންތަކާ ހެދި ޓީނޭޖުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައި ދަނޑަށް އެރުމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox