މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރަން ހުސް އަންހެނުން އެކުލެވޭ ޑައިވް މިޝަންއެއް

 ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ޑައިވް މިޝަންގެ ހަރަކާތް - ފޮޓޯ: ނެކްޓަން

ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ޑައިވް މިޝަންގެ ހަރަކާތް - ފޮޓޯ: ނެކްޓަން

ދުނިޔޭގައި ވެސް ފުރަތަަމަ ފަހަރަށް ހުސް އަންހެނުން އެކުލެވޭ އެކުއަނޯޓުގެ ޓީމާއެކު މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި މިޝަންއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ފަށަނީ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.

ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަގްވާމީ ޓީމާއެކު ރާއްޖޭގެ ފުން ކަނޑުތައް ދިރާސާކުރުމަށް ހަމަޖެހިފައިވާ ނެކްޓަން މިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވާނެ އެވެ.

މީގައި ބައިވެރިވާ ދިވެހިންގެ ޓީމު ލީޑް ކުރާނީ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާއާއެކު ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓަންޓެއް ކަމުގައިވާ ފަރާހް އަމްޖަދު ބައިވެރިވާނެ އެވެ. ދެން ބައިވެރިވާނީ ސަބްމާސިބަލްގެ ޕައިލަޓް ކިމްލީ ޑޯ އެވެ.

ޝާފިޔާ ނައީމް ވިދާޅުވީ މި ސަބްމާސިބަލް ޑައިވްތަކުގެ ބޭނުމަކީ ކަނޑުގައިވާ ދިރުންތަކާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ހޯދުން ކަމަށެވެ. އަދި މި މައުލޫމާތުގެ އަލީގައި މި ވެއްޓާ އޭގައިވާ ދިރުންތައް ފުރިހަމަ ގޮތުގައި ހިމާޔަތް ކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރުގެ މަޑި ފުޑްޗެއިންގެ އެންމެ މަތީގައި އެބަ އުޅޭ، މި މިޝަންއާއެކު ފުރަތަމަ ފަަހަރަށް ފުނުގައި މި ދިރުންތައް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެ. މިއީ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހޯދިގެންދާނެ ވަރަށް މުހިންމު މައުލޫމާތެއް،" ޝާފިޔާ ވިދާޅުވި އެވެ.

ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓްއެއް ކަމަށްވާ ލޫސީ ވުޑާލް ވިދާޅުވީ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1000 މީޓަރު އަޑިއަށް ފީނާނެ ކަމަށެވެ.

"މިޝަންގެ ހައިލަޓަކަށް ވެގެން ދާނީ މި ފަރުބަދަތައް ކައިރިން 1000 މީޓަރު އަޑިއަށް ފީނައި އެ ތަންތަން މެޕްކޮށް ޑޮކިއުމަންޓް ކުރެވިގެން ދިއުން، މި ޑިސެންޓްތަކުގައި މި ފަރުބަދަތައް ކައިރިން ވަަރުގަދަ އޮއިވަރު ހުންނާނެ ކަމަށް ބެލެވޭ، އެ އޮޔާއާ ހެދި ޑައިވްތައް ކުރުން އުނދަގޫ ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި 1000 މީޓަރަށް ވުރެ އުހުގައި ކަނޑުގެ 100،000 ފަރުބަދަ ހުރެ އެވެ. ރާއްޖޭގައި މީގެ 34 ފަރުބަދަ ހުރެ އެވެ. މިއީ ރާއްޖޭގައި ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.

މި މިޝަންއާއެކު ރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުން ކުރެވިދާނެ އެވެ.

މި މިޝަންގައި ޖުމުލަ 40 ޕާޓްނަރުން ބައިވެރިވެ އެވެ. އެއީ ދިވެހި 16 ޕާޓްނަރުންނާއި، ބައިނަލްއަގްވާމީ 24 ޕާޓްނަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox