ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިފައިންގެ ވަޒީފާއަށް ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ، އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި ހުރި، ވޭތުވެދިޔަ ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތް މީހުންނަށް ކަމަށެވެ.
އިތުރު ޝަރުތުތައް
- ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން
މި ޝަރުތުތަކުގެ އިތުރުން، އިންޓަވިއުކާއި، ފުރަތަމަ އިންޓަވިއުއިން ފާސްވުމުން ދޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުގެ ނަތީޖާއަށް ބަލާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓާއި އެމްއެންޑީއެފް ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ފޯމް އީމެއިލުން އަދި ޑިފެންސް މިނިސްޓްރީ އަށް ހާޒިރުވެ ހުށަހެޅޭނެ އެވެ. ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 15 އެވެ.













