ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވައިލުމުން އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އެކޮމިޝަނުން ކުރި 15 އޮގަސްޓްގައި ކުރި އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ އަށް ފިރިހެން ބޭފުޅުންނެވެ. އެއީ:
- އަލީ ނަސީރު، ގާޑެނިޔާ ވިލާ، ބ. ކިހާދޫ
- އަބްދުﷲ ޒާހިރު، ދަފްތަރު ނަމްބަރު:ރސ. 9175
- މުހައްމަދު ވިދާން ޝާކިރު. ހ. ހުދުފިނިފެންމާގެ،މާލެ
- އާދަމް ޒާލިފު، އޯކިޑްމާގެ. ގއ. ގެމަނަފުށި
- އަލީ ނަދީމް،ގްލޯރިއޯސާ2، މާލެ
- ނަފީލު މުހައްމަދު، ލަކީހޯމް، ގއ.ދާންދޫ
- ސިނާން އަލީ، ސަންޑަލްވުޑް،ގދ.ފިޔޯރީ
- އަހުމަދު މައުސޫމް، ހަވީރީމަންޒިލް, ލ.މާބައިދޫ
ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވައިލީ އެކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.












