ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ބުނި ތާރީހަށް ނުނެގުނީ މޫސުން ގޯސްވެގެން ކަމަށް ބުނެފި

ޕްލެޓްފޯމް ފަރަށް އަރާފައި: އެފްކޯންސް ލިމިޓެޑުން ބުނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ދެ ފަހަރު ހުއްޓާލަންޖެހުނު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޕްލެޓްފޯމް ފަރަށް އަރާފައި: އެފްކޯންސް ލިމިޓެޑުން ބުނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ދެ ފަހަރު ހުއްޓާލަންޖެހުނު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިންޑަސްޓްރިއަލް އައިލެންޑް ތިލަފުއްޓާއި ވިލިމާލެ އާއި ވެރިކަން ކުރާ ރަށް މާލެ ގުޅުވާލުމަށް ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަނިކޮށް ވިލިމާލޭ ފަރަށް އެރި މާސިންގާ ޕްލެޓްފޯމެއް ބުނި ތާރީހަށް ނުނެގުނީ މޫސުން ގޯސްވެގެން ކަމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން ބުނެފި އެވެ.

ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޯންސްގެ ފަރާތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޯގަސްޓު 16، ގައި ފަރަށް އެރި އެ ޕްލެތްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު ކުރު ބަޔާނެއްގައި އެ ކުންފުނިން އަނެއްކާ ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަންޖެހުނީ ކަމަށެވެ.

"ވިލިމާލޭ އިރު ދެކުނު ފަރަށް އަރާފައި އޮތް ޕްލެޓްފޯމް ނެގުމަށް މި ކުންފުނިން ކުރަމުންދިޔަ މަސައްކަތް، މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަނީ ހުއްޓާލަންޖެހިފަ. މި ކުންފުނީގެ ޓީމަކުން މި ދަނީ މެދުނުކެނޑި މޫސުން މޮނީޓާ ކުރަމުން އަދި މޫސުން ތަންދިންހާ އަވަހަކަށް ޕްލެޓްފޯމް ނެގުމުގެ މަސައްކަތް އަލުން ފަށާނަން،" އެފްކޯންސް ލިމިޓެޑުން އިނގިރޭސިބަހުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ މޫސުން ލަފާ ކުރާ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފަ އެވެ. އަދި ބުނެފައި ވަނީ ބުނެފައި ވަނީ އެ ސަރަހަށްދަށް ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާއިރު ކަނޑު ގަދަވާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގުން ލަސްވެގެން ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ ޕްލެޓްފޯމް ފަރަށް އަރާފައި އޮންނަ ކޮންމެ ދުވަހަކު ވެސް ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

ޕްލެޓްފޯމް ނެގުން ލަސްވެގެން އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ވައްދައިފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

"މޫސުން ރަނގަޅު، ކަނޑުމަޑު ދުވަހެއްގައި އެވަރުގެ ބޮޑު ޕްލެޓްފޯމެއް، އެހާ ފަސޭހައިން ކަހާލީ ކޮން ސަބަބަކާ ހެދި ކަމެއް، ދައުލަތުގެ އެއްވެސް އިދާރާއަކުން އަދިވެސް ސާފުކޮށްދީފައެއް ވެސް ނުވޭ،" އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އެ މައްސަލައިގައި ބުނެފައި ވަނީ ޕްލެޓްފޯމް އޮޔާދިޔުމަށް މެދުވެރިވީ ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

ލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox