އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ދީމާގެ ތަމްރީންތައް ފްރާންސްގައި

Aug 25, 2022, 8:31 PM
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ތެރެއިން ރާއްޖޭގެ ދީމާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ތެރެއިން ރާއްޖޭގެ ދީމާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ފްރާންސްގެ މަޝްހޫރު ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރެއް ކަމަށްވާ ހެނެބޯންޓް ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރުގައި ތަމްރީން ހެދުމުގެ ފުރުސަތު ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަށް ލިބިއްޖެ އެވެ.

ފާތިމަތު ދީމާ އަލީ އަށް ފްރާންސްގެ އެންމެ މަގުބޫލު އެއް ޓްރެއިނިން ފެސިލިޓީގައި ތަމްރީން ހެދުމުގެ ފުރުސަތު މި ލިބުނީ ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތުގެ ތެރެއިންނެވެ.

އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތްލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.

ފްރާންސްގެ ހެނެބޯންޓް ޓޭބަލް ޓެނިސް ޓްރެއިނިން ސެންޓަރުގައި ދިމާ ތަމްރީން ހަދާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 2024 ގެ އޮލިމްޕިކްސް އާ ހަމައަށެވެ. މި މުއްދަތުގައި ތަމްރީން ހެދުމުގެ އިތުރުން ދީމާގެ ކިޔެވުމުގެ ކަންކަން ވެސް ކުރިއަށްދާނީ ފްރާންސްގަ އެވެ.

ދިމާ ތަމްރީން ހަދާ ހެނެބޯންޓް ޓްރެއިނިން ސެންޓަރަކީ ގްރޭޑް 6 އިން ފެށިގެން 12 އާއި ދެމެދުގެ ގްރޭޑްތަކުގެ ކުދިން ތަމްރީން ހަދަމުން އަންނަ ސެންޓަރެކެވެ. އެތުލީޓުންގެ ކުޅުމުގެ ހުނަރު ފެންވަރު ރަނގަޅު ކޯޗުންގެ އެހީގައި ތަރައްގީ ކުރުމުގެ އިތުރުން ކުޅުންތެރިޔާގެ މެޑިކަލް ކަންޑިޝަން ޗެކުކުރުމާއި، ކިޔެވުމުގެ ކަންކަންވެސް ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މި ސެންޓަރުގައި ކުރިއަށްދާނެ އެވެ.

ދީމާ އަށް މި ފުރުސަތު ތަނަވަސްކޮށްދިނުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ކުރެއްވި މަސައްކަތް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. އަދި މި އެކަޑެމީ އިން ދީމާ އަށް ފުރުސަތު ހޯދައިދިނުމުގައި އެމްއޯސީގެ ސެކެޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ކުރެއްވި މަސައްކަތް ވެސް ޓީޓީއޭއެމުން ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން އެންމެ 10، އަހަރުގައި ޓީޓީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަން ފެށި ދީމާ ފުރަތަމަ އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ސްރީ ލަންކާގަ އެވެ. އޭގެ ފަހުން ޗައިނާގައި ވެސް ދީމާ ތަމްރީންތަކެއް ފުރިހަމަކުރި އެވެ. އެންމެ ފަހުން ދީމާ ތަމްރީންތައް ހަދާފައިވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ތައިލެންޑުގައި ކުރިއަށްދިޔަ ބައެއް މުބާރާތްތަކުގައި ވެސް ވާދަކޮށް ދީމާ ކާމިޔާބު ހޯދި އެވެ.

ދީމާ 14، އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ވިދުންގަދަ އެއް އެތުލީޓެވެ. އޭނާ ވަނީ 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ އަންހެން ޓީމް އިވެންޓުގެ ރަން މެޑައްޔާއި، ފާތިމަތު ރަފާ ނާޒިމްއާ އެކު ހޯދި އަންހެން ޑަބަލްސް ރަން މެޑަލްގެ އިތުރުން އަންހެން ސިންގަލްސް ރަން މެޑައްޔެވެ.

މީގެ އިތުރުން ދީމާ ހިމެނޭ ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމް ވަނީ 2019 ގެ ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދާފަ އެވެ. އަދި ދީމާ ވަނީ މިއަހަރު ރާއްޖޭގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގެ ހޯޕްސް ކެޓަގަރީ އިވެންޓުގެ ސިންގަލްސް ރިހި މެޑަލް ހޯދާފަ އެވެ. ދީމާ ހިމެނޭ އުއްމީދީ ޓީޓީ ޓީމް ވަނީ ދާދި ފަހުން ނިމުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީމް އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.

ސޮލިޑާރިޓީ ގޭމްސްގެ ޓީމު އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ތުރުކީގެ އެއް ވަނަ ރޭންކް ކުޅުންތެރިޔާ ޔިލްމާޒް އޯޒްގޭއާ ދެކޮޅަށް ދީމާ ވަނީ ވަރުގަދަ ޗެލެންޖެއް ދީފަ އެވެ. ދީމާ އެ މެޗުން 3-2 އިން ބަލިވި ނަމަވެސް އޭނާ އެ މެޗުގެ ނަތީޖާ ނެރުނު ސެޓުގައި ވެސް ހިތްވަރު ދެއްކި އެވެ. އޯޒްގޭ ކޮޅަށް މެޗު ނިމުމުގައި މަތީ ލެވަލްގައި އޭނާ ވަރުގަދަ ގިނަ މުބާރާތްތަކެއް ކުޅެފައި ހުރުމުގެ ތަޖުރިބާ އިސް ރޯލެއް އަދާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox