ޓެކްސީ ތަކުގައި ޑޭޝް ކެމެރާ ހަރުކުރަންޖެހޭ ގޮތް ހަދައިފި

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީއެއް: ޓެކްސީގެ އާ ގަވައިދުގައު ވާ ގޮތުން ކޮންމެ ޓެކްސީ ސެންޓަރެއްގައި މަދުވުވެގެން 100 ޓެކްސީ ޑްރައިވަރުންނާއި 100 ޓެކްސީ އޮންނަން ޖެހޭނެ-- އަބްދުﷲ އިޔާން / އަދަދު

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީއެއް: ޓެކްސީގެ އާ ގަވައިދުގައު ވާ ގޮތުން ކޮންމެ ޓެކްސީ ސެންޓަރެއްގައި މަދުވުވެގެން 100 ޓެކްސީ ޑްރައިވަރުންނާއި 100 ޓެކްސީ އޮންނަން ޖެހޭނެ-- އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގައި ޓެކްސީތަކެއްގައި ޑޭޝް ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީގެ ގަވައިދު ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ގެޒެޓްކުރި ގަވައިދުގައި ބުނާ ގޮތުން ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ އެވެ.

މިކަމާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "އަދަދު" އަށް ވިދާޅުވީ ކެމެރާ ހަރުކުރަން ގަވައިދުގައި ލިޔުނަސް ވަކި ބަދަލެއް ނާންނާނެ ކަމަށެވެ.

ޓެކްސީގެ ގަވައިދުން ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ.

އަދި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.

މީގެ އިތުރުން އޭގައި ބުނެފައިވާ ގޮތުންނަމަ ކޮންމެ ޓެކްސީ ސެންޓަރެއްގައި މަދުވުވެގެން 100 ޓެކްސީ ޑްރައިވަރުންނާއި 100 ޓެކްސީ އޮންނަން ޖެހޭނެ އެވެ.

އަބްދުﷲ ވިދާޅުވީ މި ބަދަލަކީ ޓެކްސީ އެސޯސިއޭޝަނުން އެދިގެން މިނިސްޓްރީން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"އަޅުގަނޑުމެން އެ ބަދަލު ގެނެސްދިނުމަށް އެދުނީ، ކޮންމެ ދެ މީހަކު ވެގެން އެބަ ހަދާ ޓެކްސީ ސެންޓަރެއް. ކޮންމެ ސެންޓަރެއްގަ މި ތިބެނީ މަދު މީހަކު. އެހެންވެ އަޅުގަނޑުމެން އަމިއްލައަށް އެދުނީ 100 ހަމަކުރަން ކޮންމެ ސެންޓަރަކަށް،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ސެންޓަރެއްގައި މިހާރުވެސް 100 އަށްވުރެ ގިނަ ޑްރައިވަރުންނާއި ޓެކްސީން ރަޖިސްޓާ ވެފައި ތިބި ކަމަށާއި ނަމަވެސް އަލަަށް ފެށި ދެ ތަނެއްގައި ތިބީ 60 ވަރަކަށް މީހުން ކަމަށް އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް މި ބަދަލާއެކު އެ ތަންތަނުން ވެސް އަދަދު ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީގެ ގަވައިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަނިކޮށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދޭން ފެށުމުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެ ކަމަށާއި އެއީ މާލޭގައި ދަތުރު ކުރުމަށް އެޅޭ ހުރަހަކަށްވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުން އެދުމުން މިހާރު ވަނީ ޓެކްސީ ތަކުގެ އަގުތައްވެސް ބޮޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox