ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރިވަރަކު، ކްލާހުގެ އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ދީފައި ނުވާއިރު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގޮނޑިއެއްގައި އިށީނދެގެން އިން ފިރިހެން ކުއްޖެއްގެ ކައިރިއަށް އެހެން ކުއްޖަކު ގޮސް މޮނީޓަރު ފޮތެއް އަތުލައި ވާހަކަ ދައްކަން ތިބޭ ތަނެވެ.
އެ ފޮތް އަތުލަން އިށީންދެ އިން ކުއްޖަކު މަސައްކަތް ކުރާއިރު ދެން ފެންނަނީ ކޮޅަށް ހުރި ކުއްޖާ އިށީންދެ އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަނަންނަ ތަނެވެ. އެ ކުދިން ދުރު ކުރުމަށް އެ ކްލާހުގައި ތިބި އެހެން ކުދިން މަސައްކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮނޑީގައި އިށީންދެ އިން ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. މިއަދު އެ ވީޑިއޯ ދައުރުވަމުންދާ ނަމަވެސް މިއީ ކޮން އިރަކު ހިނގި ކަމެއްކަން ސާފެއް ނުވެ އެވެ.














