ޗައިނާއާއެކު ބޭއްވެވި ހާއްސަ ގުޅުން ޔާމީން ދިފާއު ކުރައްވައިފި

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއާ ސަލާމް ކުރައްވަނީ: ޔާމީން ވިދާޅުވީ ޗައިނާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން ނުއުފުލޭ ވަރުގެ ބުރައެއް ދައުލަތަށް ޖެހިފައި ނޯންނާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއާ ސަލާމް ކުރައްވަނީ: ޔާމީން ވިދާޅުވީ ޗައިނާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން ނުއުފުލޭ ވަރުގެ ބުރައެއް ދައުލަތަށް ޖެހިފައި ނޯންނާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ވެރިކަމުގައި ޗައިނާއާއެކު ބޭއްވި ގާތް ގުޅުން ދިފާއު ކުރައްވައި، އަވައްޓެރި ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ އިންޑިއާއަށް ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.

އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް/ޕީއެންސީން އެންމެ ގަދައަށް އަޑުއުފުލަނީ މި ސަރުކާރުން އިންޑިއާއާއެކު އޮންނަ ގުޅުމާ ދޭތެރޭގަ އެވެ. އެކަމާ ދެކޮޅަށް ޔާމީން އިސްވެ ހުންނަވައި "އިންޑިއާ އައުޓް"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް އަންނަނީ ހިންގަމުންނެވެ.

"އެހެންނަމަވެސް ވަކި އަވައްޓެރިއަކު އެއީ ހުރިހާ ކަމެއް ކޮށްދޭ އެންމެ ބޮޑުބޭބެ ކަމަށް ދެކޭ ދެކުމަށް އެބަ ޖެހޭ ނިމުމަކަށް އަންނަން،" އިންޑިއާއާއެކު އޮންނަ ގުޅުމަށް ފާޑު ވިދާޅުވެ، އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

"ހަވާލޭ ވަތަން" ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާއަށް ހާޒިރުވި ގިނަ އަދަދެއްގެ މީހުންނާ މުހާތަބު ކުރައްވައި ޔާމީން ވިދާޅުވީ ދައުލަތުން ދަރާފައި އޮތް ދަރަނީގެ ބޮޑު ބައި އޮތީ އެއް ގައުމަކަށް ނަމަ، އެ ދައުލަތެއް އެ ވަނީ "އަޅުވެތިވެފަ" އެވެ.

"ބަރޯސާއެއް ނޫން، މިއަދު [އިންޑިއާއަށް] އަޅުވެތި ވީ. މިއަދު މިތިބީ އަޅުވެތި ވެފައި. މި ވާހަކަ ދައްކަވާނެ ސިޔާސީ ލީޑަރަކު ނެތީމާ ހިތަށް އަރާ ސުވާލަކީ އަމިއްލަފުޅަށް އަޅުވެތިވެގެން ތިބި ސަބަބު ބަލާލަން އެބަ ޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ދެން އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާއެކު އޮތް ގުޅުމަށް އެއިރުގެ އިދިކޮޅުން އަމާޒުކުރި ފާޑުކިޔުންތަކަށެވެ. އެމަނިކުފާނުގެ ސަރުކާރުން ޗައިނާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން "ދައުލަތުން ނުއުފުލޭ ވަރުގެ އެއްވެސް ތަކުލީފެއް" ޖެހިފައިނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޗައިނާގެ އެކި ކަންކަމަށް ދީފައި އޮތް 19 ރަށް ނުވަތަ 20 ރަށް ކޮބައިތޯ؟ ކޮބައިތޯ ޗައިނާ ސަރުކާރަށް އަޅުގަނޑުމެން ދަރާފައި އޮތް އަދާނުކުރެވޭވަރުގެ ދަރަނި؟،" ޗައިނާއާއެކު އޮތް ގުޅުން ދިފާއުކުރައްވައި ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރަން ޖެހެނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށްޓ ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަންނަ އަދި އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކަށް ހަރުމުދާތައް ގެއްލޭ ގޮތަށް ކޮމްޕްރޮމައިޒްވާ ގޮތަށް ހަދާފައި އެގްރީމެންޓުތައް ރާއްޖޭގެ ވުޖޫދުން ފުހެލަން އެބަ ޖެހޭ، ކެންސަލް ކުރަން ޖެހޭ، ބާތިލް ކުރަން ޖެހޭ،" އިންޑިއާއާއެކު މި ސަރުކާރުން ވެފައިވާ އެގްރީމެންޓުތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ އަދި އިދިކޮޅުން ކުރައްވާ އެ ތުހުމަތުތަކަށް ރައްދު ދެމުން ސަރުކާރުން ކުރިން ބުނެފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް މާއްދާއެއް އަދި ކަމެއް ނަމަވެސް އެގްރިމެންޓުތަކުގައި ނުހިމެނޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ އަވައްޓެރި ވަކި ގައުމަކަށް ބަރޯސާ ނުވެ، އިސްލާމީ އުސޫލުތައް ކޮމްޕްރޮމައިޒް ނުވާ ފަދަ ހާރިޖީ ސިޔާސަތެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު އަނެއްކާ ވެސް ބިނާވެގެންދާނީ އެކުވެރިންނާއެކީ އެކުވެރިކަން، އިހުތިރާމް ކުރާ މީހުންނަށް އިހުތިރާމް ދިނުމާ އެކީ އިސްތިގުލާލަށް ލޯބިކުރާ އިސްތިގުލާލަށް އިހުތިރާމް ކުރާ ހުރިހާ ފަރާތްތަކާ އެކީ އަޅުގަނޑުމެން ގާތް ގުޅުމެއް ދެމި އޮންނާނެ، އަވައްޓެރިންނާއެކު އަޅުގަނޑުމެން ގުޅުން އަބަދުވެސް އޮންނާނެ،" ޔާމީން ވިދާޅުވި އެވެ.

ރޭ ޔާމީން ޕީޕީއެމްގެ ސަޕޯޓަރުންނާ މުހާތަބު ކުރެއްވީ އަނެއްކާ ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ. އިންތިހާބުގައި ވާދަ ކުރެއްވުމަށް ގާނޫނީ ގޮތުން އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތް ނަމަ އަނެއްކޮޅުން ނިކުންނަވާނީ މިހާރު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ޕްރައިމެރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox