އިގުތިސޯދާއި ދަރަނީގެ ހާލަތާ ގުޅުވައި ޔާމީންގެ ފާޑުކިޔުމާއި މަލާމާތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވީ: ރާއްޖޭގެ އިގުތިސޯދާއި ދަރަނީގެ ހާލަތާ ގުޅުވައި ކަންބޮޑުވުންފާޅު ކުރެއްވި. - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވީ: ރާއްޖޭގެ އިގުތިސޯދާއި ދަރަނީގެ ހާލަތާ ގުޅުވައި ކަންބޮޑުވުންފާޅު ކުރެއްވި. - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު ޔާމީން ދެއްކެވި ވާހަކަފުޅުގައި އިގުތިސޯދީ ހާލަތާއި ދަރަންޏާ ގުޅުވާ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނިވެރިކަން އިތުރުވެފައިވާ މިންވަރު ކަމަށެވެ.

އެގޮތުން ވާލްޑް ބޭންކުގެ ރިޕޯޓަކާ ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 6،000 މިލިއަން ޑޮލަރުގައި ކަމަށެވެ. މިއީ އާބާދީގެ ކޮންމެ ބޮލަކަށް 250،000ރ. ކަމަށް ފާހަގަކުރައްވަމުން ޔާމީން ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމުން ފާޑުވިދާޅުވި މި ސަރުކާރުގެ ބޭފުޅުންނަށް ރައްދު ދެއްވާފަ އެވެ.

ޔާމީން ވިދާޅުވީ ގޮތަށް ވާލްޑް ބޭންކުން އެންމެ ފަހުން ނެރުނު މޯލްޑިވްސް އެކްސްޕެންޑިޗާ ރިވިއުގައިވާ ގޮތުގައި ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަންޏަކީ 6.1 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 5.2 ބިލިއަން ޑޮލަރަކީ ސީދާ ސަރުކާރުގެ ދަރަންޏެވެ.

ރާއްޖޭގެ އިގުތިސޯދު މި ހާލަތުގައި އޮތްއިރު، ޔާމީން ވިދާޅުވީ މި ދަރަނި އަދާކުރާ ވަރަށް ރިޒާވުގައި ފައިސާ ނެތް ކަމަށެވެ. މިހާރު ބޭނުންކުރެވޭ ރިޒާވުގައި ހުރި ކަމަށް އެ މަނިކުފާނަށް އަންދާޒާ ކުރެވޭ ވަރު ހިއްސާކުރައްވަމުން ޔާމީން ވިދާޅުވި ގޮތުގައި މިހާރު ރިޒާވުގައި ހުރީ އެންމެ 280 މިލިއަން ޑޮލަރެވެ.

އަދި ދަރަނި އަދާކުރާނީ މި ސަރުކާރުން ނޫން ކަމަށް ވިދާޅުވަމުން، މިފަހުން އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅުވާ ވިދާޅުވީ މި ސަރުކާރު ހިފަހައްޓަނީ އަދި "މި ސަރުކާރު ނޭވާލަމުން ދަނީ ޖިޒީ ދައްކަން ޖެހޭ، ރިސަސިޓޭޓް" ކުރަނީ އެގޮތަށް ލިބޭ ފައިސާއިން ކަމަށެވެ.

"އެމްއެމްއޭއިން ނެޓް ރިޒާވް ނޫނީ އަތްލެވޭ ފައިސާ ޝާއިއުކުރުން ހުއްޓާލައިފި، ގްރޮސް ރިޒާވަކީ ދައުލަތުގެ ފައިސާއެއް ނޫން. ދައުލަތުގެ ނެޓް ރިޒާވް މިހާރު ހުރީ 280 މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވި އެވެ.

ދަރަންޏާ ގުޅުވައި، ޔާމީން ސަރުކާރަށް އަމާޒުކުރެއްވި އަނެއް ފާޑުކިޔުމަކީ ދައުލަތުގެ މުދާ ރަހުނުކޮށްގެން ސުކޫކް ވިއްކުމެވެ. މިއީ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި އަތުން ދޫވެގެން ދާނެ ތަންތަން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ސްކޫލްތައް ވެސް ރަހުނުކޮށްފައި ކަމަށެވެ.

"ފައިސާ ނުދެއްކެންޏާ މިއީ ޝައްކެއްވެސް ނެތް ގޮތެއް، ފުރަ މާލޭގައި މިހުރި ޕްރޮޕަޓީތަކަށް މުސްތަގިއްލު ކަމެއް ނެތް. އެހެރީ ވިޔަފާރީގެ އެއްބަސްވުންތައް" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ އިޝާރާތްކުރެއްވީ މި ސަރުކާރުން ދަރުމަވަންތާ ސްކޫލާއި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށްގެން ސުކޫކް ވިއްކި މައްސަލައަށެވެ. މިއީ ޔާމީންގެ ސަރުކާރުގައި ވިއްކީ ޔޫރޯބޮންޑުގެ ފައިސާ އަދާކުރަން މި ސަރުކާރުން ވިއްކި ސުކޫކެކެވެ.

"މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައި،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox