ދަކަންދޫ ކުއްޔަށް ދޭން ބ. އަތޮޅު ކައުންސިލުން ނުރުހޭ؛ އެދުނީ ބާކީ ހުރި ރަށްތައް ވެސް ހަވާލުކުރަން

ބ. ދަކަންދޫ: މި ރަށަކީ ވަރުވާއަށް ނުވަތަ ކުއްޔަށް ނުދީ ބ. އަތޮޅުގައި ބާކީ އޮތް ހަމައެކަނި ރަށް ކަަމަށް އަތޮޅު ކައުންސިލުން ބުނޭ. -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބ. ދަކަންދޫ: މި ރަށަކީ ވަރުވާއަށް ނުވަތަ ކުއްޔަށް ނުދީ ބ. އަތޮޅުގައި ބާކީ އޮތް ހަމައެކަނި ރަށް ކަަމަށް އަތޮޅު ކައުންސިލުން ބުނޭ. -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބ. އަތޮޅުގައި އެއްވެސް ބަޔަކާ ހަވާލުނުކޮށް މިހާރު އޮތް ހަމައެކަނި ރަށް ކަމުގައި ދަކަންދޫ ވަރުވާއަށް ނުވަތަ ކުއްޔަށް ދޭން ބޭނުންވެގެން ފިޝަރީޒް މިނިސްޓްރީން އެދުމުން، އެ ރަށް އެއްވެސް ބަޔަކަށް ކުއްޔަށް ދޭން ނުފެންނަ ކަމަށް އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މި ރަށް ބަޔަކަށް ދިނުމާ މެދު އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދުމަކީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެގޮތުން, އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަންވާނީ ނުވަތަ ތަރައްގީކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މިގޮތުގެ މަތީން ފިޝަރީޒް މިނިސްޓްރީން ފޮނުވި ސިޓީއާ މެދެ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި ކައުންސިލް ޖަލްސާގައި ހުށަހެޅުމުން، އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވީ އެ ރަށް ކުއްޔަށް ދޭން ނުފެންނަ ކަމަށް މިނިސްޓްރީގައި ދަންނަވާށެވެ.

ބ. އަތޮޅުގެ ރަށްތައް

  • ޖުމްލަ 82 ރަށް
  • މީހުން ދިރިއުޅެނީ 13 ރަށުގައި
  • ރިސޯޓު - 16 ރަށް
  • ރިސޯޓު ތަރައްގީކުރުމަށް - 17 ރަށް
  • ދަނޑުވެރިކަން ކުރުމަށް - 5 ރަށް
  • އެކުއަކަލްޗާއަށް - 1 ރަށް
  • ހިމާޔަތްކޮށްފައިވާ - 10 ރަށް

ކައުންސިލުގެ މި ނިންމުމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ދަކަންދޫ ނުދޭން ނިންމި މައިގަނޑު ސަބަބުގެ ގޮތުގައި ބަޔާންކުރީ އެ ރަށަކީ މިހާރު އެއްވެސް ފަރާތަކަށް ހަވާލުނުކުރެވި އޮތް ފަޅުރަށް ކަމުން، އަތޮޅު ކައުންސިލް ނޫން އެހެން އެއްވެސް ފަރާތަކާ އެ ރަށް ހަވާލުކޮށްފިނަމަ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދިއުން ފަދަ ބޭނުންތަކުން މަހުރޫމު ވާނެތީ އެވެ.

މީގެ ކުރިން ވެސް ބ. އަތޮޅު ކައުންސިލުން ވަނީ މިގޮތަށް ދޫކޮށްފައި ހުރި ރަށްތަކުން އެ އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ މަންފާ ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތައް ތަކުރާރުކުރަމުން ދަކަންދޫ މައްސަލައިގައި އަތޮޅު ކައުންސިލުން ބުނީ މިހެން ހުންނަ ރަށްތަކުން މާލީ މަންފާއެއް ނުލިބޭ ތަނުގައި އެ ރަށްރަށުގައި ކުއްޔަށް ދޫކުރި ބޭނުން ފިޔަވާ އެހެން ކަންކަން ކުރަމުންދާ ކަމަށެވެ.

މިއީ ގާނޫނާ ހިލާފު ކަމަކަށްވީ ނަމަވެސް، އެކަންކަން ހުއްޓުވަން ފިޝަރީޒް މިނިސްޓްރީ ނުކުޅެދިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި ބަޔާން ނިންމާލަމުން، މިހެން ގާނޫނާ ހިލާފަށް ބޭނުންކުރަމުންދާ ރަށްރަށުގެ އެއްބަސްވުންތައް ބާތިލުކޮށް އެ ރަށްތައް އަތޮޅު ކައުންސިލާ ހަވާލުކުރަން އެދިފައިވެ އެވެ.

ސަރުކާރުގެ ވެބްސައިޓު އައިލްސްގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި ޖުމްލަ 82 ރަށް އޮންނަ ބ. އަތޮޅުގައި މީހުން ދިރުއުޅެނީ އެންމެ 13 ރަށުގަ އެވެ. ބާކީ ހުރި ރަށްތަކުގެ ތެރެއިން ތިމާވެށީގެ ގޮތުން ހާއްސަވާތީ ހިމާޔަތްކޮށްފައިވާ 10 ރަށަކާއި ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަދު ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއް ކަހަލަ ގޮތަކަށް ބޭނުންކުރަނީ ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ސިނާއީ ބޭނުންތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox