ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓުތަކަށް ކަމުދަނީ އެމްޓީސީސީ އެކަނި ކަމަށް އަސްލަމް ވިދާޅުވެއްޖެ

އެމްޓީސީސީން ބިން ހިއްކުމަށް ބޭނުން ކުރާ މަހާޖައްރާފު؛ އެ ކުންފުނިން އަންނަނީ ބިން ހިއްކުމަށް ތިން ޑްރެޖަރު ބޭނުން ކުރަމުން-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބިން ހިއްކުމަށް ބޭނުން ކުރާ މަހާޖައްރާފު؛ އެ ކުންފުނިން އަންނަނީ ބިން ހިއްކުމަށް ތިން ޑްރެޖަރު ބޭނުން ކުރަމުން-- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ނިންމުމުގެ ގާބިލްކަން އޮތް ހަމައެކަނި ދިވެހި ކުންފުންޏަކީ އެމްޓީސީސީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ބިން ހިއްކުމަށް ހަވާލުކުރެވެނީ ހަމައެކަނި އެމްޓީސީސީއަށްތޯއާއި އެކަން ކުރެވޭ ވަރުގެ ގާބިލްކަން ހުރި ޕްރައިވެޓް ކުންފުނިތައް ނެތީތޯ ސުވާލުކުރައްވާފަ އެވެ.

"މިވަގުތު ރާއްޖޭގައި ބިން ހިއްކުމުގެ ގާބިލްކަން އޮތް ހަމައެކަނި ކުންފުންޏަކީ އެމްޓީސީސީ، އެހެންވިމާ އެ ނޫން ފަރާތަކަށް މަސައްކަތް ހަވާލުކޮށްގެން، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޑްރެޖިން އެންޑް ރެކްލެމޭޝަން ޒާތުގެ މަސައްކަތް މީހުން އެވަރުގެ އިންވެސްޓްމެންޓަކަށް ހިނގައިދާނެ ކަމަކަށް،" އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ބިން ހިއްކާ ބައެއް ޕްރައިވެޓް ކުންފުނިތައް އުޅުނު ނަމަވެސް "ލާޖް ސްކޭލް" ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ވަރުގެ ގާބިލް ކުންފުންޏެއް އެމްޓީސީސީ ނޫނީ ނެތެވެ.

މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ އެ ދާއިރާތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އަޕްޑޭޓުތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމްޓީސީސީން މިހާރު ވެސް އަންނަނީ 21 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އެ ކުންފުނިން މި ފަހުން ވަނީ އަލަށް ދެ ޑްރެޖަރު ގަނެފަ އެވެ. މި ދެ ޑްރެޖަރަކީ އެމްޓީސީސީން މިހާރު ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރުމުގެ މަގުސަދުގައި އެ ކުންފުނިން ގަނެފައިވާ ދެ ޑްރެޖަރެވެ. މިހާރު އެ ކުންފުނީގައި އޮންނަނީ 2017 ގައި ބޭނުންކުރަން ފެށި "މަހާ ޖައްރާފު" އެކަންޏެވެ.

މިހުރިހާ ޑްރެޖަރެއް ކޮމިޝަން ކުރެވި ބިން ހިއްކަން ފެށުމުން އެމްޓީސީސީގެ ޑްރެޖަރު ފްލީޓު ތިނަކަށް ބޮޑުވީ އެވެ. މިއާ އެކީ މިހާރު ވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އަދި ހިންގަން ހަވާލުކުރެވިފައިވާ އެމްޓީސީސީގެ މަސައްކަތުގެ ދުވެލި ހަލުވިވާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox