ރޯމާދުވާލު ކަރުގިލަ ފޭރޭ މަންޒަރު ފެންނަ ވީޑިއޯއެެއް، މީހަކު އަދި ހައްޔަރެއް ނުކުރޭ

މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެެނެއްގެ ކަރުގައި އޮތް ފަށެއް ބަޔަކު ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް. ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށް.

މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެެނެއްގެ ކަރުގައި އޮތް ފަށެއް ބަޔަކު ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް. ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށް.

ދުވާލުގެ އަލިކަމުގައި މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އާއްމުކުރިތާ އެތައް ގަޑިއިރެއްވީ އިރު ވެސް ތުހުމަތުވާ މީހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މަޑުމަޑުން ހިނގާލާފައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ފަށެއް ފޭރިގަތީ ސައިކަލެއްގައި އައި ދެ މީހެއްގެ ތެރެއިން ފަހަތުގައި އިން މީހާ އެވެ. އެ ދެ މީހުންގެ މޫނު ވެސް ސާފުކޮށް ފެނެ އެވެ.

ޓްވިޓާގައި އެ ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވާ ގޮތުގައި ފޭރިގަނެފައި ވަނީ ރަން ފަށެކެވެ.

ވީޑިއޯ ހިއްސާކުރި ޓްވީޓަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ ސައިކަލުގެ ނަމްބަރާއި ދުއްވަން އިން މީހާ ވެސް އެ މީހުންނަށް އެނގޭ ކަމަށެވެ. އެހެން ބުނެ ކޮމެންޓްކުރި މީހުންގެ ކޮމެންޓްގައި އެ މީހުން ތުހުމަތުކުރާ މީހާގެ ނަން ވެސް ޖަހާފައި ވެ އެވެ.

"ސައިކަލް ނަމްބަރު، މޫނު، އެއޮތީ ފެންނަން ފުލުހުން ތިހެން ނުހައްދަވާ، މިކަހަލަ މީހުން ހައްޔަރުކޮށްފައި އެކަން އާއްމުންނަށް ހާމަކުރައްވާ،" ވީޑިއޯ އަށް ކޮމެންޓް ކުރި މީހަކު ލިޔެފައި ވެ އެވެ.

އެހެން މީހަކު ބުނީ މަގުފޭރޭ މީހުންނަށް ދީނުގައި އޮންނަ އެންމެ ބޮޑު އަދަބު ދޭން ޖެހޭ ކަމަށެވެ.

ފުލުހުން ބުނީ މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ސައިކަލެއްގައި ދިޔަ ދެމީހަކު ފޭރިގަނެފައިވާ ކަމަށް މިއަދު 10:08 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން މިހައިތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މީހުންގެ ކަރުގައި އަޅައިގެން ތިބޭ ފަށާއި ގިލަފަތި ފަދަ ގަހަނާ ފޭރުމަކީ ފޭރުން ފަދަ ކުށްތައް ހައްދުފަހައަޅާފައިވާ މިންވަރު ދަށްކައިދޭ މިންގަނޑެއްގެ ގޮތުގައި އިހުގައި ބަލާ ކަމެކެވެ. އެ ހިސާބަށް ދިޔައިމާ ކިޔާނީ "ކަރުގިލަ ފޭރޭ ހިސާބަށް" ކަންތައް ހިނގައްޖެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox