އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް އަަޅަން ބީލަން އުސޫލުން ދޫކުރި ބިންތައް ކާމިޔާބުކުރި ފަރާތްތަކާ މިއަދު އެ ބިންތައް ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީކައުންސިލުން ބިންތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކުރީ ހަތަރު ޒޯނެއްގައިވާ ޖުމްލަ 23 ބިމެކެވެ. އެއީ ހިތަދޫ ޒޯނުގައިވާ ހަ ބިމަކާއި ފޭދޫ ޒޯންގައިވާ ދެ ބިމަކާއި ހުޅުދޫ ޒޯންގައިވާ އަށް ބިމަކާއި މީދޫ ޒޯންގައިވާ ހަތް ބިމެކެވެ.
މިއަދު ހަވާލުުކުރި ބިންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާތައް އަޅަން އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ދޫކޮށްފައި ވަނީ 5،000 އަކަފޫޓްގެ ބިންތަކާއި 2400 އަކަފޫޓްގެ ބިންތަކެވެ.












