އެމެރިކާއާ ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ ތަމްރީންތަކެއް ފަށައިފި

Aug 8, 2022, 4:47 AM
މާލޭގެ ސަހައްދަކުން ބޮމެއް ފެނިގެން ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ސިފައިން ހަރަކާތްތެރި ވަނީ -- ފައިލް ފޮޓޯ/ އަދަދު

މާލޭގެ ސަހައްދަކުން ބޮމެއް ފެނިގެން ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ސިފައިން ހަރަކާތްތެރި ވަނީ -- ފައިލް ފޮޓޯ/ އަދަދު

ދިވެހި ސަރުކާރާއި އެމެރިކާ ގުޅިގެން "ޓެމްޕެސްޓް ވިންޑް 2022"ގެ ނަމުގައި ދެ ގައުމުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މެދުގައި ކައުންޓާ ޓެރަރިޒަމް ފަރިތަކުރުންތަކެއް މެދުރާއްޖެ ތެރެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިންގަން އިއްޔެ ފަށައިފި އެވެ.

މިއީ ރާއްޖެ އާއި އެމެރިކާ ގުޅިގެން މި ތަމްރީންތައް ކުރިއަށް ގެންދާ 11 ވަނަ ފަހަރެވެ. އަދި ރާއްޖޭގައި ބޭއްވޭ ހަތަރުވަނަ ފަހަރެވެ. މި ފަހަރު ކުރިއަށް ގެންދާ ތަމްރީންތައް މި ހިނގާ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ތަމްރީންތަކުގައި ރާއްޖެ އަދި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓާ ޓެރަރިޒަމްގެ ސްޓްރެޓަޖީއަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ހަރަކާތްތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެ އެވެ.

މި ތަމްރީންތަކުގެ ސަބަބުން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގަ އާއި ކޯޑިނޭޓްކުރުމުގައި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓް ކުރެވޭނެ އެވެ. އަދި އިސްލާހުކުރަން ޖެހޭ ކަންކަން ވެސް ފާހަގަވެގެން ދާނެ އެވެ.

މި ތަމްރީންތަކުގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި މިފަދަ ހާލަތެއްގައި ރާއްޖެ އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި، އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ޓެސްޓު ކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ވެސް ހިމެނޭނެ އެވެ.

މި ތަމްރީން ފަރުމާ ކުރެވިފައި ވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓާ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށެވެ.

މިއީ ޔޫއެސް އިންޑޯ-ޕެސިފިކް ކޮމާންޑް އިން ކުރިއަށް ގެންދާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހި ކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ.

މީގެ އިތުރުން ކޮވިޑް 19 އިން ރައްކާތެރިވުމަކީ ވެސް ދެ ގައުމުން ވެސް އިސްކަންދޭ ކަމަކަށް ވާތީވެ، އެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން އަމަލު ކުރަމުންދާ ދަތުރުފަތުރު ކުރުމުގެ ގަވާއިދުތަކަށް އެމެރިކާގެ ބާރުތަކުން ފުރިހަމައަށް އަމަލުކުރުމާ އެކު ބަދަލުވަމުންދާ ހާލަތްތަކަށް ތައްޔާރުވެ އިޖާބަދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅަމުން ގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox