ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ނައިބު (އިދާރީ)ގެ މަގާމަށް އިބްރާހީމް ވަހީދު (އެންސްޕާ އިބްރެ) އަދި ޗެއާޕާސަންގެ ނައިބު (މާލީ) އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހޮވިއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު މި މަގާމުތަކަށް ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، މި ދެ މަގާމަށް ކުރިމަތިލައްވާފައިވަނީ މި ދެ ބޭފުޅުން އެކަންޏެވެ.
ނައިބު ޗެއާޕާސަނުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އެހެންނަމަވެސް، ކޮންމެ މަގާމަކަށް ވާދަކުރެއްވީ އެއް ބޭފުޅުން ކަމުން އެ މަގާމަށް ދެ ބޭފުޅުން ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
މިހާރު ހިނގަމުންދާ އެމްޑީޕީ ނައިބު ޗެއާޕާސާނުންގެ ދައުރު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހަށެވެ.













